ޖިސްމު ރޫޙާ ނެތި ފަނާވެ ދަނީ ދަރިން ގައުމުގެ މިއަދު
ފިސްވެ ހިތް ކުދިކުދި ވެދާފަދަ މަންޒަރެއް ފެެނެނީ މިއަދު
ގެއްލިގެން ޅަޒުވާން ޢުމުރު މަގުއޮޅި މިދާހާ ގިނަ ކުދިން
ހެއްލިގެން ޑްރަގުގެ ވަބާޔަށް ބަލަ އޮޔާ އެދަނީ މިއަދު
ނަލަމިފެހި ދީބަށް ވެރިވެ ބަނަބޯވިލާ އަނދިރިވެ ދަނީ
ނަލަ މިގުލް ޒާރުގަ ފޮޅޭ މާތައް މިލާ އެދަނީ މިއަދު
ޒަހަރެކޭ ވިހަގަދަ އެއީ މަސްތެއް ގެނެސްދޭ ހިނދުކޮޅަކު
ޒަހަރެކޭ ބަރުބާދުކޮށް ނެތިކޮށްލަނީ ޅަދަރިން މިއަދު
ނުލިބި އުފަލެއް ޅަފަތުގާ ދޫކޮށް ދުނިޔެވެސް ދާންޖެހޭ
ނުލިބިވީ ހެޔޮ ރާޙަތެއް އިންދުނިޔެ އެދަނީ މިއަދު
ކުރިމަގުން އުފަލެއް ނުލިބި މުޅި ޢާއިލާ ހިތިވޭނުގާ
ކުރި އެތައް އުއްމީދުތައް މައިބަފައިނާ ވަކިވޭ މިއަދު
ޚިދުމަތެއް ގައުމަށް ނުދެވި ނަފްސު ބޭކާރުވެ ދަނީ
ނިދުމުގާ ޣާފިލު ވެގެން މަސްތުވެ ދަނީ ގެއްލެން މިއަދު
ނެތި އަމާންކަން ގައުމުގާ އަދި ޞުލްޙަ މަސަލަސްކަން މިއަދު
ފެތިއޮޔާ ބެހިގެން ދަނީ ލަޝްކަރު މި ދީބުގެ ހަމަ މިއަދު
ގަތުލުކޮށް އުޚުތުން އަޚުން ލޭއޮހޮރެމުން މަގުތައް މަތީ
ދަތުރު ނާމާންކަން މަތީ ނުލިބިފަ އަމާން ގައުމަށް މިއަދު
ގައުމު ވެއްޓިފަ އަދުއޮތީ ފުން އަނދިރި ވަޅުގަނޑަކަށް ތެދޭ
ގައުމުގާ ކުރިޔަށް އެތިބި ޖީލެއް ޒުވާން ނެތެމުން މިއަދު
ވަގުތު ފާއިތު ވެއްޖެޔޭ ޙައްލެއް ނުލިބި މިކަމަށް ސަފުން
ވަގުތު ބޭކާރުވެ މަގުން ކައްސާލަނީ ދިވެހިން މިއަދު
އެކުއެކީ އަތުކުރި އޮޅާ މިކަމުން ސަލާމަތް ހޯދުމަށް
އެކުއެކީ ތެދުވަން ހިނގާ އެއްބަސް ކިޔާ ކަތުނޭ މިއަދު
އަދުގެ ގައުމުގެ ޙާލަތަށް އެދި ލެއްވެވުން ހެޔޮ ރަޙުމަތެއް
އަދު މިޅެން ނިންމާލަމުން ކުރަމޭ ދުޢާ ނިމިނެތް މިއަދު