ގަނޑެއްގައި 7 ފޫޓް / 5 ފޫޓު ހުރި މިޞްހަފެއް އެމެރިކާގައި ދައްކާލައިފިއެވެ. މިއީ މީލާދީން 15 ވަނަ ޤަރުނުގައި ލިޔެފައިވާ މުޞްހަފެކެވެ. މައުރަޒުގައި ދައްކާލާފައިވަނީ މުޞްހަފްގެ 2 ގަނޑެވެ.
މިމުޞްޙަފް ދައްކާލާފައިވަނީ "ދަ ޢާޓް އޮފް ޤްރްއާން، ޓްރެޜަރ ފްރޮމް ދަ މިޔުޒިއަމް އޮފް ޓަރކިޝް އެންޑް އިސްލާމިކް އާރޓްސް" ގެ ނަމުގައި ހޮނިހިރު ދުވަހު ޢާެތަރ އެމް. ސެކްލަރ ގެލެރީގައި ހުޅުވި މައުރަޒެއްގައެވެ.
މި މުޞްޙަފް ލިޔެފައިވަނީ ދެފޮޅުވަތް ދޭތެރޭ ،8 9 އިންޗި ދޫކޮށްގެންނެވެ. ބެލެވޭގޮތުން މި މުޞްހަފް ލިޔެފައިވަނީ މީލާދީން 1400 ވަނަ އަހަރުއެވެ. އަދި މުޞްހަފްވަނީ ދިގު މުއްދަތަކަށް ލޯނެއްގެ ގޮތުގައި ސްމިތްސޯނިއަން މިޔުޒިއަމުން ހޯދާފައެވެ.
ބުނެވޭ ގޮތުން މިމުޞްޙަފްގެ ގިނަ ގަނޑުތައް ވަނީ ގެއްލިފައެވެ. ފެނިފައިވަނީ އެންމެ 10 ގަނޑެވެ. މިމުޞްޙަފް ހޯދާފައިވަނީ 19 ވަނަ ޤަރުނުގައި ދަތުރުކުރި އިނގިރޭސި ސައްޔާޙަކު އީރާނުންނެވެ.