އެމެރިކާއިން ސައުދިއަރަބިޔާ ބުއްފުޅިޖައްސަން ކުރާ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެމެރިކާއިން ސައުދިއަރަބިޔާ ބުއްފުޅިޖައްސަން ކުރާ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީ!

އެމެރިކާއިން ސައުދިއަރަބިޔާ ބުއްފުޅި ޖައްސަން ކުރަމުން ގެންދާ މަސައްކަތްތައް ގެންދަނީ ބާރަށް އިތުރުކުރަމުންނެވެ.


އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ސައުދީ ޚާރިޖީވަޒީރު ޢާދިލް އަލްޖުބައިރު އާއި ބައްދަލުކުރައްވައި ވިދާޅުވީ އެމެރިކާގެ ކޮންގްރެސް އިން ފުއްޕާފައި ފާސްކުރި ސައުދިއަރަބިޔާ އާއި ދައުވާކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގެ ޤާބިލުކަން އެމެރިކާއަށް ނެތް ކަމަށެވެ. 


ވޮޝިންގޓަނުގައި ކުރިއަށް ގެންދިއަ މި ބައްދަލުވުމުގައި ކެރީ ބުނީ 11/9 ގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދިނުމަށް އެމެރިކާއިން މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެކަމަށް ސައުދިއަރަބިޔާއަށް އަދަބު ދިނުމުގެ އެއްވެސް ހައްޤެއް އޮތް ކަމަށް އެމެރިކާގެ ސަރުކާރުން ޤަބޫލުނުކުރާ ކަމަށެވެ. 


ކެރީ ބުނީ އެއްވެސް ހައްޤެއް ނެތި އެހެން ޤައުމުތަކުގެ ކަރާމާތަށް އެމެރިކާއިން އަރައިގަންނަމުން ގެންދާނަމަ އެކަމުގެ ވޭން އިހްސާސްކުރަން އެމެރިކާއަށް ޖެހޭނެ ކަމަށެވެ. އަދި އެކަން ޤަބޫލުނުކުރާނަމަ ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާ އަބަދުވެސް އެމެރިކާ ދާނީ އެކަހެރިވެ ނިކަމެތިވަމުން ކަމަށެވެ. 


11/9 ގައި މަރުވި އެންމެންގެ އާއިލާތަކުން ސައުދިިއަރަބިޔާގެ ކިބައިން ބަދަލު ހިދުމަށް ދައުވާކުރެވޭ ގޮތަށް އެމެރިކާއިން ވަނީ ޤާނޫނެއް ފާސްކޮށްފައެވެ. އަދި އެފަދަ ޤާނޫނެއް ފާސްކުރީ އެމެރިކާގައި ހުރި ސައުދީ އިންވެސްޓްމަންޓްތައް ފޭރިބަތުމުގެ ބޭނުމުގައިކަމަށް ވަނީ ބެލެވިފައެވެ.

މިއަދު އޮންލައިން