ޗެލްސީން މެންޗެސްޓަރ ޔުނައިޓެޑާއި މޮރީނިއޯ ލަދު ގަންނުވާލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޗެލްސީން މެންޗެސްޓަރ ޔުނައިޓެޑާއި މޮރީނިއޯ ލަދު ގަންނުވާލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް 4-0 އިން ބަލިކޮށް ޗެލްސީން އެޓީމާއި އެޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ލަދު ގަންނުވާލައިފިއެވެ. 


ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗުގައި އެޓީމުން ލީޑް ނެގީ މެޗުގެ 35 ވަނަ ސިކުންތުގައެވެ. މެން.ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހާއީ އާއި ޑިފެންޑަރު ކްރިސް ސްމޯލިންގއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މިލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ބާސެލޯނާގެ ކުރީގެ ވިންގަރ ޕެޑްރޯ ރޮޑްރިގޭޒެވެ.


 މެންޗެސްޓަރ ޔުނައިޓެޑުގެ އިތުރަށް މައްސަލަތައް ކުރިމަތިވީ 21 ވަނަ މިނެޓުގައި ކެޕްޓަން ގެރީ ކާހިލް ޗެލްސީގެ ލީޑް ފުޅާ ކޮށްދިނުމުންނެވެ. ޗެލްސީގެ ތިންވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ ނުރައްކާތެރި ވިންގަރ އެޑެން ހަޒާޑެވެ. ހަތަރު ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު އެންގްލޯ ކާންޓޭއެވެ. މިއީ ލެސްޓާ ސިޓީ ދޫކޮށް މިސީޒަނުގައި ޗެލްސީއާ ގުޅުނު ކާންޓޭ އެޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ކާންޓޭގެ ލަނޑަށްފަހު ޗެލްސީގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. 


ބޮޑު ހަރަދެއްކޮށް މިސީޒަނަށް ތައްޔާރުވި މެން.ޔުނައިޓެޑުގެ ފަރާތުން ފެނުނީ ރޫހެއްނެތް ވަދު ކުޅުމެކެވެ. 


 

މިއަދު އޮންލައިން