އެމެރިކާ މީހުން އަތުން އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ވައްކަންކުރި އިސް ދެބެއިން ފިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އެމެރިކާ މީހުން އަތުން އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ވައްކަންކުރި އިސް ދެބެއިން ފިލައިފި

އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފޯނުކޮށްގެން އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ވައްކަންކުރުމުގައި އިސްކޮށްތިބި ދެބެއިން އިންޑިއާ އިން ފިލައިފިއެވެ. 


ފުލުހުން ބުނީ އެ ބޮޑު ވައްކަން ކުރުމުގައި އެންމެ އިސްކޮށް ތިބީ ސާގަރު އަލިއާސް ޝައްގީ ތައްކަރާއި އޭނާގެ އަންހެން ކޮއްކޮ ރީމާ ކަމަށެވެ. އަދި ރީމާ ފިލީ ދިއްލީ އެއާޕޯޓުން ފުރައިގެން ކަމަށާއި އަދި ސާގަރު ފިލީ ބޮމްބޭއިން ކަމަށް ބެލެވޭ ކަމަށެވެ. 


މިދެ ބެއިން ވެސް ފިލާފައިވަނީ ވައްކަންކުރަން ބޭނުންކުރި ކޯލްސެންޓަރުތަކަށް ފުލުހުން ވަދެގަނެ އެތަންތަން ޗެކުކުރަންފެށުމުންނެވެ. 


މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ހޯދުން މިހައިތަނަށް ވަނީ 30 ކުރޯޑް ރުޕީސްގެ ޓްރާންސެކްޝަންތަކުގެ ރެކޯޑް ހޯދާފައެވެ. ނަމަވެސް މިއީ ފުރިހަމަ އަދަދެއް ނޫނެވެ. ބެލެވޭ ގޮތުން އެމެރިކާގެ ރައްޔިތުން އަތުން އަތުލާފައިވާ ފައިސާގެ އަދަދު 600 މިލިއަން ޑޮލަރަށްވުރެ ގިނަ ވާނެއެވެ.


 

މިއަދު އޮންލައިން