ކައިވެންޏަކީ...

ކިޔުމަށް ހޭދަވާނީ 56ސ
ކައިވެންޏަކީ...

ސާފު ޠޯހިރު ބަނދެވުމެއް، ބެނދެވޭ ރިވެތި ކައިވެންޏަކީ


      ސާފު ދެހިތެއްގައި ވެވޭ ވަޢުދެއް އެއީ ކައިވެންޏަކީ 


އިންތިޒާރެއް ނިމި ފެށޭ ދަތުރެއް ބަދަހި މާތް ގުޅުމަކުން


     އިންތަކުން މިސްރާބުގައި ދުއްވުން އެއީ ކައިވެންޏަކީ


ގަދަރުދީ ހެޔޮ ނިޔަތުގައި ލޯބީގެ މާތައް ފޮޅުވަމުން


       މަދަދު ދީ ހެއްދޭނެ ގުލްޒާރެއް އެއީ ކައިވެންޏަކީ


ފެށި ހަޔާތުގެ ސިލްސިލާ ލޯބީގެ މޭވާތައް އަޅައި


     ވެށި އަމާން މާހައުލަކަށް ފައްކާކުރުން ކައިވެންޏަކީ


އަންނަ ހަމަލާއިން ރެކޭނޭގޮތް މޮޅަށް ތަދުބީރުކޮށް


     ތަންހަރުވެ ތިބުމަށް އެޅޭ ބިންގާ އެއީ ކައިވެންޏަކީ


މަސްރަހުން ކިލަނބުވެ އަރާކިސަޑަށް މުޅިންރަންއޮއްސަމުން


   ފަސްއެނބުރި ނުބަލައި ބިނާކުރެވޭ މަހަލް ކައިވެންޏަކީ


ނާރުތައް ސިކުނޑީގެ ފުއްޕާ ވާންކުރާ މައްސަލަތަކަށް


   ބާރުހޯދަން ސަޖިދަޔަށް ތިރިވާން އެނގުން ކައިވެންޏަކީ


ފިރުމަމަން ވާލޯބި އަންގައި އަހަރުތައް ފާއިތުވިޔަސް


 


   ދިރުވަމުން ފެށި ދަތުރުގައި ލޯބިން އުޅުން ކައިވެންޏަކީ


 

މިއަދު އޮންލައިން