މަލާފަތް

ކިޔުމަށް ހޭދަވާނީ 38ސ
މަލާފަތް

ބޮޑުމަލާފަތެކޭ މަށަށް ލިބުނީ މިއަދު އަލިފުޅު އަތުން


      ކޮނޑުމަތީގައި ގޭދޮށަށް ގެނައޭ ހިނގާފައި ބޮޑުމަގުން،


ހުދުފޮތިން ބަނދެގެން ވަށައި ތުނޑުއެޅި ރިވެތި މަލްމަލްފޮތިން


     ހުދުރިހިން ކުރެހުން ހަތަރުކަނުގައި ޖަރީކޮށްފައި އަތުން،


މަތި ނެގިން ފޮތިގަނޑު މޮހާލައި އޭގެ ޒޭވަރުގަނޑު ބަލަން


ދަތި ހިތުން ފިލުވީ ހުވަނދުވަސް ފެތުރިގެން ފޮތިގަނޑުތެރޭން،


ރިވެތި އަންބަލަމެއް ފަދައިން އުސްކޮށް އޮމާންކޮށް ލޯތަށީ


 ދިވެހި މޮޅު ފަރިވަޅު ކުކުޅުކޭމެއް ފެނުނު މޮޅު ހަނޑުލަކުން،


ބަތްފުނީގެ ތިރީ ވަށައި ގޮނިތަށިތަކެއް އަތުރައި ރިވެތި


 ބަތްޕެނާ އަދި ފޮނިކެއުން އުސްހަކުރު ހުރި އެކި ވައްތަރުން،


ކުކުޅުބިހު ބޮޑުފޮޅިގަނޑެއް ކެޔޮފަތް ހުނގުއްޔެއް ދަށު އޮތޭ


 


  ކުކުޅުބިސް ފެނުކެއްކި ވަޅުލާފައި ހުރީ ބަތްގަނޑު ތެރޭން،

މިއަދު އޮންލައިން