ފުރަތަމަ ޑިވިޝަން ރެލިގޭޝަން ޕްލޭއޯފް ފުރަތަމަ ލެގުގައި ޒެފްރޯލްގެ މައްޗަށް 4-0 އިން ކުރި ހޯދައި އަންނަ ސީޒަނުގައިވެސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމުގެ އުއްމީދު ވިކްޓަރީން އާކޮށްފިއެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގައި ވިކްޓަރީން ކާމިޔާބު ކުރި 4 ލަނޑުގެ ތެރެއިން ތިންލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް ވެސްޓެވެ. އަނެއް ލަނޑު ޖެހީ ރިޒުވާން އިސްމާއިލެވެ.
ވިކްޓަރީއަށް ފުރަތަމަ ޑިވިޝަނުގައި ދެމިއޮވޭނެކަން ޔަގީންވާނީ އަންނަ އާދިއްދަ ދުވަހު ކުޅެވޭ ޕްލޭއޯފް ދެވަނަ މެޗަށްފަހުއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ދެވަނައަށް އެންމެ ކާމިޔާބު ކްލަބު ވިކްޓަރީ ވަނީ މީގެކުރިން 2 ފަހަރު ރެލިގޭޝަން ކުޅެފައެވެ. އެދެފަހަރުވެސް ވިކްޓަރީ ވަނީ ރެލިގޭޓް ނުވެ ސަލާމަތްވެފައެވެ.