ހިލޭ ފިރިހެނަކު ލައްވައި އަނބިމީހާ "ރޭޕް" ކުރުވުމަށްފަހު އެއީ ފައްކަނޑަން ކުރި ކަމެއްކަމަށް އިންޑިއާގެ ފިރިހެނަކު ބުނެފިއެވެ.
މިމައްސަލަ ކުރިމަތިވީ ފިރިމީހާ، އަނބިމިހާއަށް އޮޅުވާލައިގެން މަސްތުކުރުވުމަށްފަހު އެނާގެ ރަހްމަތްތެރިއަކު ލައްވައި އެ ހާލަތުގައިވެސް ގަދަކަމުން ޖިންސީ ގުޅުން ހިންގުވުމަށްފަހު ވީޑިއޯ ކޮށްފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ.
42 އަހަރުގެ އަންހެން މީހާ ބުނީ އޭނާގެ 50 އަހަރުގެ ފިރިމީހާ، އޭނާގެ ރައްޓެހިންނާއިއެކު ޖިންސީ ގުޅުން ހިންގުވަން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް އޭނާ އައީ އަބަދުވެސް އެކަމަށް އިއުތިރާޟްކުރަމުން ކަމަށެވެ. "އެފަދަ ދެބަސްވުމެއްގެ ތެރެއިން އޭނާ ވަނީ އަހަރެން 3 ފަށްވަރިން ވަރިވެސް ކޮށްފަ، އެކަމަކު އޭނާ ގެއަކުން ނުދިއަ، ބޮޑެތިވެފައި ތިބި 2 ދަރިން ތިބީމާ ގަދަކަމުން ގެއިން ބޭރުނުކޮށް ކެތްކުރީ.'
އޭނާ ބުނީ މިދިއަ އޮގަސްޓްމަހު އެއްރެއަކު އޭނާގެ ބޮލުގައި ރިއްސަން ފެށުމުން ދެގުޅަ ބޭސް ދިން ކަމަށެވެ. އަދި ބޯ ރަނގަޅުކޮށްލުމަށް ދުއްވާލަން ދިއުމަށް އެދުނު ކަމަށެވެ.
"ދެން އަހަރެންވެސް ދިއައީ. ސައިކަލް ދުއްވަން ފެށިތަނާ ބޯ އަނބުރަންވެސް ފެށި. ރަނގަޅު ވެދާނެކަމަށް ބަލައި ކެތްކުރީ. އޭނާ އަހަރެން ގެންދިއައީ އޭނާގެ ރަހްމަތްތެރިއެއްގެ ގެއަށް. ބޯ އިތުރަށް ގޯސް ކަމަށް ބުނުމުން އަނެއްކާވެސް ދެގުޅަ ބޭސް ދިނީ. އަހަރެން އެ ކެއިން ދެން ވީ ގޮތެއް ނުއެނގޭ. ހޭ އެރިއިރު އޮވެވުނީ އެގޭގަ ތަޅުންގަނޑުގަ ބަރަހަނާ ހާލުގަ. ކައިރީގަ އޭނާގެ ރަހްމަތްތެރިޔާ ވެސް ބަރަހަނާކޮށް އޮތީ. އަހަރެންގެ ބޭނުންކުރި ކަމުގެ އަލާމާތްތައްވެސް ފެންނަން ހުރި. އަހަރެން އެހާލުގައިވެސް އެކަމަށް އެއްބަސް ނުވެ ދެކޮޅު ހެދުނުކަންވެސް އެނގެންހުރި. އަހަރެންގެ ގައިގަ ރަތްވެފަ ހުރި ތަންތަން ހުރި. އޭނާގެ ގައިގަ ވަކި އެޅުނު ފާހަގަވެސް ހުރި."
އޭނާ ބުނީ އެކަން އެނގުމުން އަޑުގަދަކުރަން ފެށެވުނު ކަމަށެވެ. ނަމަވެސް "ފިރިމިހާ" އައިސް ބުނީ ރުޅި ނައުމަށާއި އެއީ ފައްކަނޑަން ކުރި ކަމެއް ކަމަށެވެ. އަދި އިތުރަށް މައްސަލަ ޖައްސާނަމަ ވީޑިއޯ ހާމަކޮށް ފަޟީޙަތްކުރާނެ ކަމަށެވެ.
އެއިން އެއްވެސް ކަމަކަށް ނުބަލައި އޭނާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ. ފުލުހުން ބުނަނީ އެދެމީޙުން ފިލާފައިވާ ކަމަށާއި ހޯދަމުންދާ ކަމަށެވެ.
އިސްލާމް ދީނުގައި ފައްކެނޑުން ކިޔާ ކަމެއް ނުއޮވެއެވެ. އެކުގައި ނުއުޅެވިގެން 3 ފަހަރު ވަރިކުރަން ޖެހިއްޖެނަމަ އަންހެން މީހާއަށް އޮތީ އެކުގައި ދިރިއުޅުމުގެ ނިޔަތުގައި ދެވަނަ ފިރިހެނަކާއި ކައިވެނިކޮށްގެން ދިރިއުޅެން މަސައްކަތްކުރުމެވެ. 3 ފަށްކުރި މީހާ އާއި ކައިވެނިކުރަން ހުއްދަވަނީ ދެވަނަ ފިރިމީހާ އާއިއެކު ދިރިނުއުޅެވިއްޖެނަމައެވެ. މިއީ ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އޮތް ކަމެކެވެ.
އެހެންކަމަށްވާއިރު ފައްކެނޑުމުގެ ނިޔަތުގައި ކުރާ ކައިވެނި ޞައްޙަވާނީ ކިހިނަކުންތޯއެވެ! އަދި ކައިވެންޏަކާއި ނުލައި ހިލޭ ފިރިހެނަކާއިއެކު މިހާދިސާގައި އެވާފަދަ ގޮތަކަށް ގަދަކަމުން ޖިންސީ ގުޅުން ހިންގުވުމުން ފައްކެނޑޭނީ ކިހިނަކުންތޯއެވެ!
މިކަން އިންޑިއާގެ ޤާނޫނުންވެސް ސާފުވާތީ މިކަންކުރި ދެމީހުންގެ މައްޗަށް ދައުވާ ކުރެވޭނީ މީހަކަށް އޮޅުވާލައިގެން މަސްތު ކުރުވުމާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.