ޑރ. ޒާކިރު ނައިކް ޓެރިޒަމަށް ހިތްވަރުދީނީ ކޮން ތަޤްރީރެއްގައިކަން ހާމަކޮށްނުދެވުނަސް ޓެރަރިސްޓެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ޑރ. ޒާކިރު ނައިކް ޓެރިޒަމަށް ހިތްވަރުދީނީ ކޮން ތަޤްރީރެއްގައިކަން ހާމަކޮށްނުދެވުނަސް ޓެރަރިސްޓެއް؟

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ޓެރަރިޒަމަށް ހިތްވެރު ދެއްވީ ކޮން ތަޤްރީރެއްގައިކަން ބަޔާންކޮށް ނުދެވުނު ނަމަވެސް ޑރ. ޒާކިރު ނައިކަކީ ޓެރަރިޒަމަށް ހިތްވަރުދެއްވާ ބޭފުޅެއް ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން ކަނޑައަޅައިފިއެވެ. 


ހޯމް މިނިސްޓްރި އާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޑރ. ޒާކިރު ނައިކް ޓެރަރިޒަމަށް ހިތްވަރުދެއްވައި ތަޤްރީރް ކުރައްވާތީ އެކަމާއި ދެކޮޅަށް ދައުވާ ކުރުމަށާއި ޑރ. ޒާކިރު ނައިކު އިންޑިއާގައި ހިންގަވާ އިސްލާމިކް ރިސަރޗް ފައުންޑޭޝަން މަނާކުރުމަށް ބޭނުންވާ ތައްޔާރީތައް ހޯމް މިނިސްޓްރީން ވަމުން ގެންދާ ކަމަށެވެ. 


އެކަމަށްޓަކައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަރުދާސްތައް މިހާރު ތައްޔާރުކުރަމުން ގެންދާ ކަމަށާއި އެމައްސަލަ ވަޒީރުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅައި ފާސްކުރާނެ ކަމަށް ވެސް ހޯމް މިނިސްޓްރީ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ. 


ޓެރަރިޒަމަށް އެމަނިކުފާނު ހިތްވަރު ދެއްވާފައިވަނީ ކޮން ތަޤްރީރެއްގައިކަން ބަޔާންކޮށްދިނުމަށް ޑރ. ޒާކިރު ވަނީ ޢާންމުކޮށް ގޮވާލައްވައިފައެވެ. ނަމަވެސް އެއްވެސް ބައަކަށް މިއަދާއި ހަމައަށްވެސް އެކަން ކުރެވިފައެއް ނުވެއެވެ. އިންޑިއާއަށް ވެސް ކުރެވިފައެއް ނުވެއެވެ. 


ދުނިޔޭގެ ގިނަ ބައަކު ޑރ. ޒާކިރު ނައިކް ދެކެ ރުޅި އަންނަނީ އެމަނިކުފާނާއިއެކު އެހެންދީންތަކުގެ އިލްމުވެރިން ކުރި އެއްވެސް ބަހުސްއެއްގައި އެމަނިކުފާނުގެ މައްޗަށް ކާމިޔާބު ހޯދިފައި ނެތުމުންނެވެ. ޑރ. ޒާކިރު ނައިކުގެ ތަޤްރީރުތައް ހުއްޓުވަން މަސައްކަތްކުރާ އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމް ދީނަކީ އެންމެ މާތް ދީންކަން ސާބިތުކަމާއިއެކު ދެއްކެވުމުގައި އެމަނިކުފާނު ދައްކަވަމުން ގެންދަވާ ހެކިތައް ޤަބޫލުކޮށް ގިނަ ބައަކު އިސްލާމް ދީން އިޚްތިޔާރުކުރަމުން ގެންދާތީކަމަށް ބެލެވެއެވެ. 


ޕީސް ޓީވީ ހުއްޓުވި ނަމަވެސް އަދި ޑރ. ޒާކިރު ނައިކް ހުއްޓުވި ނަމަވެސް ސައިންސްގެ އަލީގައި އިސްލާމް ދީނަށް ލިބެމުން އަންނަ ކުރިއެރުންތަކެއް ނުހުއްޓުވޭނެއެވެ. އެހެންކަމުން އިސްލާމް ދީނަށް ލިބެމުން އަންނަ ކުރިއެރުމެއްވެސް ނުހުއްޓުވޭނެއެވެ. 


އެކަމުގެ އެންމެ ސާފު ހެކިތައް ފެންނަމުން އަންނަނީ ޔޫރަޕުންނެވެ. އޮސްޓްރޭލިއާ އިންނެވެ. އެތަންތަނުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ދީނަކީ އިސްލާމް ދީންކަމަށްވެފައިވަނީ އެކަމުގައި ޑރ.ޒާކިރު ނައިކުގެ މާބޮޑު ހިއްޞާއެއް އޮވެގެން ކަމަށް ނުވަތީއެވެ. އެ ސަރަހައްދުތަކުގައި އިސްލާމް ދީން އިޚްތިޔާރުކުރަމުން ގެންދާ ގިނަ މީހުންނަކީ ޑރ. ޒާކިރު ނައިކްގެ އަޑުވެސް އަހާފައިވާ ބައަކަށް ނުވާތީއެވެ.

މިއަދު އޮންލައިން