އަށިމަތީ ކަނބާ

ކިޔުމަށް ހޭދަވާނީ 1މ 11ސ
އަށިމަތީ ކަނބާ

ކުޑަކަނބާ މެދުއަށި މަތީ އެއޮތީ މެދުރި ކުނަލެއް މަތީ


             ކުޑަފަރީ   ފާތުމަ  އިނީ ކައިރީ އެތާ ކުޑަގޮނޑި މަތީ


ރީތި މޮޅުދާރީ ލިބާހެއް ކަސަބު މާޖެހި ފޭލި އަނދެ


             ރީތި އަޑަކުން ފަރިހި ކިޔަނީ އަރިޔަކަށް އޮވެ އަށިމަތީ


ހަންއޮމާން ފަތިހަށި ނިކަން ހޯއްދުން ރަނގަޅު ނިޔަނެތި ކަނބާ


                ދަންދެބައި ވަންދެން އުފާ ހޯދާނެޔޭ އޮވެ އަށިމަތީ


އަލަމެޓާ ކަށިކެޔޮމެޓާ ކަލިޔާބިރިންޖީ ކާނެޔޭ


              ނަލަ ތަށީގައި ކުކުޅު ސުރުވާ ބޯނެޔޭ އޮވެ އަށިމަތީ


އަޑަފިކޮޅު ތިންފައްތަރަށް ލައި ކެފި ގެނެސްދޭ ޚާދިމުން                


           އަޑަފިއަށް ފަހު   ދުންގަނޑެއް ބޯލާނެޔޭ އޮވެ އަށިމަތީ


ފައި މޮޑެން ފާތުމަ އެހެން އިންނާނެޔޭ އަލިވިލުނަކަސް                


        "ގައިވަރެއް ނެތް" ކުސްތަޅާނޭ އޮވެ ކަނބާ ބުނެ އަށިމަތީ


ހުވަނދު ބުލިބުލި ހެޔޮ ސަމައްތަރު ބޭކަލުން އައިސް ދޭނެޔޭ


       ހުވަނދު އުނގުޅައިގެން ވަރަށް ޢިޝްގީ ވެޔޭ އޮވެ އަށިމަތީ 


ފަތިހު ނިދައޭ އޮވެ އެހެން ވަރުބަލިވުމުން ކަންނެތް ކަނބާ


           ދަތިކަމެއްނެތި މުޅިދުވަސް ނިންމާލައޭ އޮވެ އަށިމަތީ


 

މިއަދު އޮންލައިން