ކާކުބާ!!

ކިޔުމަށް ހޭދަވާނީ 48ސ
ކާކުބާ!!

އާދަކޮށް ލިބެޔޭ ދުވާލަކު ރީތި ނަލަ ފިނިފެންމަލެއް


               ހާދަ ދެރައޭ ކާކުކަން ނޭނގޭ މަށަށް މިދެނީ މަލެއް،


ފަސްނުޖެހި ކުރިމަތިލުމޭ ރަނގަޅީ ކަމެއް ބޭނުންވުމުން


          ލަސްނުކޮށް ބުނެލުން ރަނގަޅު ހިތުގައި އޮތިއްޔާ ބޭނުމެއް،


ތިޔަވަރަށް ފިނޑިވުން އެއީ އުނި ސިފައެކޭ މީހުން ބުނޭ


            ހިޔަ އަހަރު ދިނަކަސް ތިމާ ނުފުދޭނެޔޭ ތިޔަ ބޭނުމެއް،


ހަރުބަހެއް، "އެދުމެއް ނެތިއްޔާ ނުކުރެޔޭ ވެދުމެއް" އެއީ


         ބަރުހިތެއް ނެތި ބުނެބަލާ! ކިޔަނީ އަޅޭ! ފަހެ ކޮން ނަމެއް،


މާބަގީޗާއެއްގެ ވެރިއެއްބާވައޭ އަރައޭ ހިތަށް


           ކާބަފައިންގެ ޒަމާނުވެސް ނުދެކެން މިހާ ފިނިފެންމަލެއް،


އަހަރަކާ ވެއްޖޭ ހަތަރުމަސް މެދުނުކެނޑި ލިބެމުން ދަނީ


           ފަހަރުގައި އެދުރުން ބުނާހެން ހީވެޔޭ ކުށުވެރި ކަމެއް،

މިއަދު އޮންލައިން