އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވާގޮތަށް މުޒާހަރާ ކުރުމުމުގެ ހުއްދަ އިމްރާން ޚާނަށް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވާގޮތަށް މުޒާހަރާ ކުރުމުމުގެ ހުއްދަ އިމްރާން ޚާނަށް ދީފި

އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވާނެ ގޮތަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ މަގުތަކުގައި މުޒާހަރާކުރުމުގެ ހުއްދަ ކޯޓުން އިމްރާން ޚާނަށް ދީފިއެވެ. 


"ޕެނަމަ ލީކްސް" އިން ހާމަވެފައިވާ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން އިމްރާން ޚާން އާއި އޭނާގެ ސަޕޯޓަރުން ބުދަ ދުވަހު މަގުތަކަށް ނުކުތުމުން ފުލުހުން ވަނީ މުޒާހަރާ ހުއްޓުވައިފައެވެ. އެކަމާއި ގުޅިގެން އިމްރާން ޚާން ބުނެފައިވަނީ މުޒާހަރާ ކުރުން ހުއްޓުވާނަމަ އިސްލާމް އަބާދު ހުއްޓުމަކަށް ގެނުވާނެ ކަމަށެވެ. 


ސަރުކާރުން ބުނީ މިއީ ސަރުކާރަށް ބިރު ދެއްކުން ކަމަށެވެ. އިމްރާން ޚާން ބުނީ އެއީ ބިރު ދެއްކުން ނޫން ކަމަށާއި މުޒާހަރާ ނުކުރެވިގެން އެތައް ހާސް ރައްޔިތުން މަގުތަކަށް ވިއްސިވިހާލިވެއްޖެނަމަ އެކަން އެހެން ނުވެ ނުދާނެ ކަމަށެވެ. 


ކޯޓުން ބުނީ ރައްޔިތުންގެ ހައްޤުތަކެއް ގެއްލިފައިވާކަމަށް ތުހުމަތު ކުރެވޭނަމަ މުޒާހަރާ ކުރުމަކީ ރައްޔިތުންނަށް ލިބޭ އަސާސީ ހައްޤެއް ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި މުޒާހަރާ ކުރާ މީހުން ހިމާޔަތްކޮށް ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.

މިއަދު އޮންލައިން