ދުނިޔޭގެ މަޝްހުރު ފުޓްބޯޅަ ކުޅުންތެރިޔާ، ޑިއޭގޯ މެރަޑޯނާ ވަރަށް އާދައިގެ އުފަން ދުވަހުގެ ޕާޓީއެއް ޔޫއޭއީގައި ބާއްވައި ޔޫއޭއީގައި މެރަޑޯނާ ރެސްޓޯރަންޓް، ކެފޭ ޑިއޭގޯގެ ނަމުގައި ކެފޭއެއް ހުޅުވައިފިއެވެ.

މިހަފްލާގައި އޭނާގެ ވަރަށް ގާތް، މަޝްހޫރު 2 ކުޅުންތެރިއަކު ބައިވެރިވިއެވެ. އެއިގެ ތެރޭގައި 1986 ވަނަ އަހަރު މެރާޑޯނާ ޖެހި ރަން ގޯލު ޖެހުމުގައި އެހީތެރިވެދިން އާޖެންޓިނާގެ ކުޅުންތެރިޔާ، ޖޯޖް ބްރުއްޗުގަ އާއި ޑަޗް ޗެމްޕިއަން ލީގު 4 ފަހަރު ކާމިޔާބުކޮށްފައިވާ ރަން ކުޅުންތެރިޔާ، ކްލަރަންސް ސީޑޯފް ހިމެނެއެވެ.

ވަަރަށް އާދައިގެ ގޮތަކަށް ހަފްލާ ބޭއްވި ނަމަވެސް މެރަޑޯނާއަށް ތާއީދުކުރާ އެތައް ސަތޭކަ ބައަކު ވަނީ މިހަފްލާގައި ބައިވެރިވެފައެވެ. މެރަޑޯނާއަކީ ޔޫއޭއީގައި ވަރަށް މަޝްހޫރު ކުޅުންތެރިއެކެވެ. އަދި މެރަޑޯނާ ގެންދަނީ ޔޫއޭއީ އާއިއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.

މިހަފްލާ ބޭއްވީ ބައެއް ނޫސްތަކަށް ދައުވަތުދީގެން ނަމަވެސް ނޫސްވެރިންނާއި މެރަޑޯނާ ބައްދަލެއް ނުކުރެއެވެ. އަދި ޕްރެސް އެއްވެސް ނުދެއެވެ. ހަމަ އެކަނި މުޚާޠަބްކޮށްލީ ސްޕެނިސް ބަހުން ވާހަކަ ދައްކާ އޭނާގެ ރަހްމަތްތެރިންނާއިއެވެ.

<iframe width="640" height="360" src="https://www.youtube.com/embed/cDQpdZiCePo" frameborder="0" allowfullscreen></iframe>