ސައުދީ ޕްރިންސަކު ޤާނޫނާ ޚިލާފް އަމަލެއް ކުރެއްވުމުން ހައްދުޖަހައި ޖަލަށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ސައުދީ ޕްރިންސަކު ޤާނޫނާ ޚިލާފް އަމަލެއް ކުރެއްވުމުން ހައްދުޖަހައި ޖަލަށްލައިފި

ސައުދިއަރަބިޔާގެ ޕްރިންސަކު ޤަނުނާއި ކިލާފް އަމަލެއް ކުރެއްވުމުން ހައްދު ޖަހައި ޖަލައްލައިފިއެވެ. 


ޕްރިންސް ހައްދުޖެހީ ޖިއްދާގެ ޖަލެއްގައެވެ. އެކަން ހެކި ކުރުމަށްޓަކައި ޖަލަށް ގިނަ މުއައްސަސާތަކަކުންނާއި އެޖެންސީތަކުން އޮފިޝަލުން ޖަލަށް ގެންގޮސް އެންމެންގެ ކުރިމަތީގައެވެ. 


ޕްރިންސަކީ ކޮން ބޭފުލެއް ކަމާއި ޤާނޫނާއި ޚިލާފަށް ކުރެއްވީ ކޮން ކުށެއްކަން މިކަމުގެ ޚަބަރު ހާމަކުރި ނޫހުގައި ހާމަކޮށްފައެއް ނުވެއެވެ. 


އެނޫހުގައި ބުނެފައިވަނީ ހައްދު ޖެހީވެސް ޖަލުގައި ބަންދުކުރީވެސް ކޯޓުގެ ޙުކުމް ތަންފީޒު ކުރުމަށް ރަސްގެފާނުގެ ގަނޑުވަރުން ރަސްމީ ހުއްދަ ދިނުމުން ކަމަށެވެ. މީގެ ކުޑަ ދުވަސްކިޮޅެއް ކުރިން ވަނީ ގިނަ އަދަދެއްގެ މީހުންގެ ތެރެއަށް ޖެއްސެވި ވަޒަނަކުން މީހަކު މަރުވުމާއި ގުޅިގެން ޕްރިންސް ކަބީރަށް މަރުގެ އަދަބު ދީފައެވެެ. 


ސަލްމާން ރަސްގެފާނު ވިދާޅުވަމުން ގެންދަވަނީ ޤާނޫނު ތަންފިޒުކުރުމުގައި އިސްތިސްނާ ނުކުރައްވަވާނެ ކަމަށާއި އެއީ މާތްﷲގެ އަމާނާތެއް ކަމަށެވެ.

މިއަދު އޮންލައިން