އެމެރިކާގެ ފްލޮރިޑާގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހަކު ހަކަތަ އިތުރުކުރުމުގެ ބޭނުމުގައި އެނަރޖީ ޑްރިންކް ބޭނުންކުރަން ފެށިތާ 3 ހަފްތާ ތެރޭގައި ލިވަރ ފެއިލްވެ އައިސީޔޫގައި އެޑްމިޓްކޮށްފިއެވެ.
ޑޮކްޓަރުން ބުނެފައިވަނީ ކުރި ޓެސްޓްތަކުން އެނގޭ ގޮތުގައި އޭނާ އައީ ދުވާލަކު ،4 5 ދަޅު އެނރޖީ ޑްރިންކް ބޮމުންނެވެ. އަދި އޭނާއަށް މައްސަލަތައް ކުރިމަތިާންފެށީ އެނަރޖީ ޑްރިންކް ބޯންފެށިތާ ފުރަތަމަ ހަފްތާގައެވެ.
ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ ގޮހޮރަށާއި ބަނޑަށްވެސް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. "އެނަރޖީ ޑްރިންކް ބޭނުންކުރާނަމަ މިފަދަ މައްސަލަތައް ކުރިމަތިވާނެ. މާގިނައިން ބުއީމަ މައްސަލަތައް އަވަހަށް ކުރިމަތިވީ. މަދުން ބޭނުން ކުރި ނަމަވެސް ދާނީ މައްސަލަތައް ކުރިމަތިވަމުން. އެގުން ލަސްވަނީ."
ރާއްޖޭގެ ހެލްތް މިނިސްތްޜީން ވެސް ގެންދަނީ މިފަދަ ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް ސަރުކާރުން އެންމެ ބޮޑަށް އިޝްތިހާރު ކުރަނީ އެނަރޖީ ޑްރިންކެވެ. އެންމެ ގިނައިން މީހުން ބަލާ ސަރުކާރުގެ ޓީވީ ޕްރޮގްރާމްތަކުގައި އެންމެ ގަދައަށް އިޝްތިހާރުކުރަނީ އެނަރޖީ ޑްރިންކެވެ. ދާއިމީ ގޮތެއްގައި އެނަރޖީ ޑްރިންކް އިޝްތިހާރުކުރުމަށްޓަކައި ހުޅުމާލޭގައި އަޅާ ރެޑްބުލް ސްޓޭޑިއަމް ދަނީ ނިމެމުންނެވެ.