ލަދުގަންނަންވީ "ރޭޕްކުރުމަކުން" ނޫން- ލަދަގަންނަންވީ ފާހިޝް އަމަލުކުރަން: ޑިޒައިނަރ ރޮޒިނާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ލަދުގަންނަންވީ "ރޭޕްކުރުމަކުން" ނޫން- ލަދަގަންނަންވީ ފާހިޝް އަމަލުކުރަން: ޑިޒައިނަރ ރޮޒިނާ

ކޮންމެ މީހަކު ވެސް ލަދުގަންނަންވީ ބައަކު އެމީހަކާ ގަދަކަމުން ބަދު އަޚްލާޤީ އަމަލު ހިންގުމުން ނޫން ކަމަށާއި ލަދުގަންނަންވީ ފާހިޝް އަމަލުތައް ކުރުމަށް ކަމަށް ޕާކިސްތާނުގެ ފެޝަން ޑިޒައިނަރ ރޮޒިނާ ބުނެފިއެވެ.


ރޮޒިނާ މިމޭރުމުން ބުނީ އޭނާގެ ޑިޒައިންތައް ދައްކައިލުމަށް ކަރާޗީގައި ބޭއްވި ފެޝަން ޝޯއެއްގައި ރޭޕްކުރެވިފައިވާ އަންހެނުންގެ ތެރޭގައި ހިމެނޭ، އަދި މިހާރު އިންސާނިއްޔަތަށް މަސައްކަތްކުރަމުން ގެންދާ މުޚްތަރަން ބައިވެރިކުރުމަށްފަހު އެވެ. 


މި ޝޯގައި މުޚްތަރަން ބައިވެރިކޮށްފައިވަނީ ޚާއްޞަ މެހްމާނެއްގެ ގޮތުންނެވެ. 


ރޮޒިނާ ބުނީ މިއީ ޕާކިސްތާނުގެ ހުރިހައި ރައްޔިތުންވެސް ވަރަށް ވިސްނުންތެރިކަމާއިއެކު ކުރިމަތިލާންޖެހިފައިވާ މައްސަލައެއް ކަމަށެވެ. ބައަކު ގަދަކަމުން އަނިޔާ ކުރުމުން އަނިޔާ ލިބުނު މީހާ މުޖުތަމައުން ބާކީކޮށް އެކަހެރިކޮށްލުމަކީ ދެވޭ އިތުރު އަނިޔާއެއް ކަމަށެވެ. ނަމަވެސް އެކަން ޤަބޫލުކުރަނީ ޕާކިސްތާނުގެ މަދު ބައެއް ކަމަށެވެ. 


މުޚްތަރަން އަކީ އަނިޔާލިބުމަށްފަހު އެކަމަށް ލަދުވެތިނުވެ ގަދައަޅައި ކުރި މަސައްކަތްތަކުގެ ސަބަބުން އެއްކުރެވުނު ފައިސާއިން ކުޑަކުދިންނާއި އަންހެނުން ބަލަހައްޓާ ތަނެއް ހިންގަމުން ގެންދާ އަންހެނެކެވެ. އެއިގެ އިތުރުން މުޚްތަރަން ގެންދަނީ މިފަދަ ކަންކަމަށް މީހުން ހޭލުންތެރިކުރުވަން ވެސް މަސައްކަތް ކުރަމުންނެވެ. 


ރޮޒިނާ ބުނީ ފެޝަން ޝޯއެއްގައި އެންމެންވެސް ތަރްހިބު ދޭނީ ސިފަ ރީތި އަންހެނުންނަށް ކަމަށެވެ. ސިފަ ރީތި ވުފައި ޒުވާން ނޫން ނަމަވެސް ޤައުމަށް ޚިދުމަތް ކުރާ މީހުންނަކީ އެންމެ ރީތި މީހުން ކަމަށް ޤަބޫލުކުރަންޖެހޭނެ ކަމަށްވެސް ރޮޒިނާ ވަނީ ބުނެފައެވެ. 

މިއަދު އޮންލައިން