މާފުށީގައި ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ފުރަތަމަ މެޗް މާފުށީ ޖަލުގެ ޓީމް ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
މާފުށީގައި ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި ފުރަތަމަ މެޗް މާފުށީ ޖަލުގެ ޓީމް ކާމިޔާބުކޮށްފި

މާފުށީ ނިއު ސްޓާރސް ކްލަބަށް 30 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށްގެންދާ ވޮލީ ބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މާފުށީ ޖަލުގެ ޓީމް ކާމިޔާބު ކޮށްފިއެވެ.


މާފުށީގައި ކުރިއަށް ގެންދާ މި މުބާރާތުގައި 03 ނޮވެމްބަރ 2016 ވަނަ ދުވަހު ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ އައިކޮމް އާއި ވާދަކޮށް ތިންސެޓް އެއްސެޓުންނެވެ.


މެޗްގެ ފުރަތަމަ ސެޓް 20  25 ން މާފުށީ ޖަލުގެ ޓީމު ކާމިޔާބުކޮށްފައިވަނިކޮށް ދެވަނަ ސެޓްގައި އައިކޮމްގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓް ކާމިޔާމިޔާބުކުރީ  20 – 25 ންނެވެ. އަދިތިންވަނަސެޓް 25 – 21 ން،އަދިހަތަރުވަނަސެޓް 25 – 16 ންކާމިޔާބުކުރީމާފުށީޖަލުގެޓީމެވެ.މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށީ ޖަލު ޓީމުގެ އަޙްމަދު ޝާހީން އެވެ.މި މުބާރާތުގައި ދެން މާފުށީ ޖަލުގެ ޓީމް މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މިއަދު އޮންލައިން