ފޭދޫ ކަޓުވާލުމަށްފަހު އޭދަފުށި ފައިނަލަށް

ކިޔުމަށް ހޭދަވާނީ 1މ 7ސ
ފޭދޫ ކަޓުވާލުމަށްފަހު އޭދަފުށި ފައިނަލަށް
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސެމީފައިނަލް ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސ. ފޭދޫ ޕެނަލްޓީ ޖަހައިގެން 3-2 އިން ބަލިކޮށް ބ.އޭދަފުށި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

އިއްޔެ ހަވީރު ދ.ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ފޭދޫ ޓީމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ އޭދަފުށީގެ ހުށިޔާރު ކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ މަތަކޮށްފައެވެ. އޭދަފުށިން ޖެހި 4 ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ.

މިމެޗުގައި ގޯލް ޖަހާނެ ރަގަޅު ފުރުސަތުތައް ދެޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ. ރާއްޖޭން ބޭރު ކުޅުންތެރިންވެސް ހިމެނޭ ފޭދޫ ޓީމު ހުއްޓުވުމުގައި އޭދަފުށިން އިއްޔެ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އަނެއްކޮޅުން އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން އޭދަފުށިން މިމެޗް ކުޅުނީ މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ.

މި މޮޅާއެކު ފައިނަލުގައި އޭދަފުށި ވާދަކުރަންޖެހޭނީ މިއަދު ހަވީރު ތިމަރަފުއްޓާއި ކުޑަހުވަދޫ ކުޅޭ ސެމީފައިނަލް ދެވަނަ މެޗުން މެޗުން މޮޅުވާ ޓީމަކާއެވެ. މިމެޗު ކުޅޭނީ މާދަމާ ހަވީރު ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު މާލޭގައެވެ.

ފޮޓޯ:ސައްޖަ
ސޯސް: އޭދަފުށީ ޓައިމްސް
މިއަދު އޮންލައިން