ސިފައިންނާއި ފުލުހުން ފަސްބެލުމެއް ނެތި ކުރިއަށް

ކިޔުމަށް ހޭދަވާނީ 57ސ
ސިފައިންނާއި ފުލުހުން ފަސްބެލުމެއް ނެތި ކުރިއަށް
އެލައިޑް އިންޝްއަރެންސް ގައުމީ ވޮލީ ބޯޅަ މުބާރާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބު ބަލިކޮށް ސިފައިން އަދި ގުޑީސް ސްޕޯޓްސް ކްލަބު ބަލިކޮށް ސިފައިންނާއި ފުލުހުން ފަސްބެލުމެއް ނެތި ކުރިއަށްދާން ފަށައިފިއެވެ.

ސްޓެލްކޯ އަތުން ސިފައިން މޮޅުވީ ސީދާ 3 ސެޓުންނެވެ. ސިފައިން ސެޓުތައް ގެންދިޔައީ 25-15 ، 28-25 އަދި 25-20 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިންގެ ކްލަބުގެ އާދަމް ނަސީމެވެ.

ގުޑީސް އަތުން ޕޮލިސް މޮޅުވީވެސް 3 ސެޓުންނެވެ. ވާދަވެރިކަމެއް ނެތް މިމެޗް ޕޮލިހުން ސެޓުތައް ގެންދިޔައީ 25-8 ، 25-13 އަދި 25-9 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ މުބައްޝިރު ރިޒާއެވެ.

ގައުމީ މުބާރާތުގައި ވާދަކުރަނީ 6 ޓީމެވެ. އެއީ ސިފައިންނާއި ފުލުހުންގެ އިތުރުން މޯލްޑިވިއަން އާއި ސްޕޯޓްސް ކްލަބު ސިޓީއެވެ. މިދެޓީމު އިއްޔެ ބައްދަލު ކުރި މެޗް ފަސޭހަކަމާއެކު 3 ސެޓުން މޯލްޑިވިއަން ވަނީ ކާމިޔާބު ކޮށްފައެވެ.

މުބާރާތުގައި ކޮންމެ ޓީމެއްވެސް 2 މެޗް ކުޅެފައިވާއިރު ސިފައިންނާއި ފުލުހުން ވަނީ ދެމެޗްވެސް ކާމިޔާބު ކޮށްފައެވެ.
މިއަދު އޮންލައިން