ތިމަރަފުއްޓާއި ކުޑަހުވަަދޫ ސެމީގައި މިއަދު ބައްދަލު ކުރާނެ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ތިމަރަފުއްޓާއި ކުޑަހުވަަދޫ ސެމީގައި މިއަދު ބައްދަލު ކުރާނެ
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ސެމީފައިނަލުގައި ތިމަރަފުއްޓާއި ކުޑަހުވަދޫ މިއަދު ހަވީރު ތިމަރަފުށީ ދަނޑުގައި ބައްދަލު ކުރާނެއެވެ.

ފުޓްބޯޅައިގައި މިހާރު ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އުފައްދަމުން އަންނަ ތިމަރަފުށި ސެމީފައިނަލުން ޖާގަ ހޯދީ ގްރޫޕް ދޭއްގައި ކުޅުނު 3 މެޗުވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ތިމަރަފުށި ވާދަކުރީ ލަންދޫ އާއި ހަނިމާދޫ އަދި މިހާރު ފައިނަލުން ޖާގަ ހޯދާފައިވާ އޭދަފުއްޓާއެވެ.

ކުޑަހުވަދޫ ސެމީފައިނަލުން ޖާގަ ހޯދީ އެރަށުގައި ކުޅުނު ގްރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މަހިބަދޫ އާއި ދެއްވަދޫ އަތުން ކުޑަހުވަދޫ މޮޅިވިރު ބަލިވީ މިދިޔަ އަހަރުގެ ޗެމްޕިއަން ސ.ފޭދޫ އަތުންނެވެ. ފޭދޫ ވަނީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އޭދަފުށި އަތުން ބަލިވެ ކަޓައިފައެވެ.

ތިމަރަފުއްޓާއި ކުޑަހުވަދޫ ބައްދަލު ކުރާ މެޗް ބެލުމަށާއި ތިމަރަފުއްޓަށް ސަޕޯޓް ކުރުމަށް ތ.އަތޮޅުގެ އެކިރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ތިމަރަފުއްޓަށް ޖަމާވަމުންނެވެ. ގްރޫޕް ސްޓޭޖުގައި ތިމަރަފުށި ކުޅުނު މެޗުތައް ބެލުމަށްވެސް އަތޮޅުގެ ބައެއް ރަށްރަށުން ގޮސް އެޓީމަށް ވަނީ ސަޕޯޓްކޮށްފައެވެ. މިކަމަށްޓަކައި ތިމަރަފުށީ ޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ތިމަރަފުއްޓާއި ކުޑަހުވަދޫ ބައްދަލު ކުރާ މެޗް ފަށާނީ މިއަދު ހަވީރު 15:45 ގައެވެ.
މިއަދު އޮންލައިން