ކުޑަހުވަދޫ 1-4 އިން ބަލިކޮށް ތިމަރަފުށި ފައިނަލަށް

ކިޔުމަށް ހޭދަވާނީ 50ސ
ކުޑަހުވަދޫ 1-4 އިން ބަލިކޮށް ތިމަރަފުށި ފައިނަލަށް
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި އަމިއްލަ ދަނޑުގައި ކުޑަހުވަދޫ 1-4 އިން ބަލިކޮށް ތިމަރަފުށި ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެތައްސަތޭކަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިމެޗުގައި ތިމަރަފުށިން ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ކާމިޔާބު ކޮށްފައެވެ. މިދެލަނޑު ކާމިޔާބު ކޮށްްދިނީ އަބްދުﷲ މުނާޒް އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާދަމް ނާސިހް (އާދަންނާ) އެވެ. ދެވަނަ ހާފުގައި ތިމަރަފުށްޓަށް ލީޑް ފުޅާކޮށްދިނީވެސް އާދަންނާ އާއި މުނާޒެވެ. ކުޑަހުވަދޫގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ހަސަން އިބްރާހިމެވެ.

ފައިނަލުގައި ތިމަރަފުށި ބައްދަލު ކުރަންޖެހޭނީ ވަރުގަދަ އޭދަފުއްޓާއެވެ. ގްރޫޕް ސްޓޭޖުގައި ތިމަރަފުށި އަތުން 1-0 އިން ބަލިވެފައިވާ އޭދަފުށި ފައިނަލުން ޖާގަ ހޯދީ ސެމީފަައިނަލުގައި މިިދިޔަ އަހަރުގެ ޗެމްޕިއަން ސ.ފޭދޫ ޕެނަލްޓީ ޖަހައިގެން ބަލިކޮށްފައެވެ.

ތިމަރަފުއްޓާއި އޭދަފުށި ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.
މިއަދު އޮންލައިން