ޕޮލިސް ބަލިކޮށް މޯލްޑިވިއަން ދެވަނައަށް

ކިޔުމަށް ހޭދަވާނީ 58ސ
ޕޮލިސް ބަލިކޮށް މޯލްޑިވިއަން ދެވަނައަށް
މިހާރު ކުރިއަށްދާ އެލައިޑް އިންޝްއަރޭންސް ގައުމީ ވޮލީ ލީގުގައި ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށް މޯލްޑިވިއަން ދެވަނަ މަގާމަށް ޖެހިލައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މިމެޗުގައި ޕޮލިސް ކްލަބުގެ މައްޗަށް މޯލްޑިވިއަން ކުރި ހޯދީ ފުރަތަމަ ސެޓް 25-18 އަދި ފަހު ދެސެޓް 25-21 އިން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންއަށް ކުޅެމުން އަންނަ ގައުމީ ވޮލީ ޓީމުގެވެސް މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކުޑަކާއްޓޭ) އެވެ.

ލީގު އުސޫލުން ދެބުރުކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށްދާ ގޮތަށް ކުޅޭ ލީގުގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާ ދިވެހި ސިފައިންގެ ކްލަބެވެ. އެއީ 8 ޕޮއިންޓާއެކުއެވެ. ސިފައިން ވަނީ ރޭ ގުޑީސްގެ މައްޗަށްވެސް ކުރި ހޯދާފައެވެ.

މޯލްޑިވިއަން ދެވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 6 ޕޮއިންޓާއެކު އޮތީ ޕޮލިސް ކްލަބު އޮތްއިރު ސްޓެލްކޯ 4 ވަނައިގައި އޮތީވެސް 6 ޕޮއިންޓާއެކުއެވެ. ދެން މިމުބާރާތުގައި ވާދަކުރާ ސިޓީ އާއި ގުޑީސްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މިއަދު އޮންލައިން