ބޭނުންވި މަލަކީ ތިޔަ މަލޭ

ކިޔުމަށް ހޭދަވާނީ 2މ 40ސ
ބޭނުންވި މަލަކީ ތިޔަ މަލޭ
އޭރުވެސް އަދި މިއަދުވެސް ބޭނުންވި މަލަކީ ތިޔަ މަލޭ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍..................އޭރު ބިންނަން އުޅެ މަށަށް ހޯދައި ނުފެނުނީ ތިޔަ މަލޭ
ގުރުޑުވީ މޯޅިވެ އެހެން ބިންނާނެ ފުރުސަތު ނެތްކަމުން
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍..................ދުރުދުރުން އަދިވެސް ދެކެން ބޭނުންވި މަލަކީ ތިޔަ މަލޭ
ފިޔަމަލުންފައިބާ، ވަހާ، ކުލަގޮސް މިލައި މޯޅިވެއިނަސް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍..................ހިޔަފަހަރު ހަމަ ބިނދެލުމަށް ބޭނުންވި މަލަކީ ތިޔަ މަލޭ
ކަރުގަޑުން ނެތަކަސް އަރާމެއް ލައްޒަތެއް ލިބިފައި މަށަށް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.................މަރުވެ ނުދަނީސް ދުނިޔެއިން ބޭނުންވި މަލަކީ ތިޔަ މަލޭ
ފިނި ޢަބީރީ ރޯޅިއެއް ލިބިފައި ނެތަސް ނިކަމެތި މަށަށް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍....................ފިނިބަހާރުގެ ގުލްޝަނުން ބޭނުންވި މަލަކީ ތިޔަ މަލޭ
ލިބި ނަސީބެއް ތިޔަމަލުން ނެތަކަސް މަގޭ މިހަޔާތަކަށް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍..................މިބިމުގައި ހަމަ ބިނދެލުމަށް ބޭނުންވި މަލަކީ ތިޔަ މަލޭ
ނާރު ދެލޮލުން ކެނޑުނުއިރު ނުދެކެން ތިހާ ފަރިފަރިމަލެއް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.................. ބާރު އަދު ގައިންދޫވިޔަސް ބޭނުންވި މަލަކީ ތިޔަ މަލޭ
ނުރުހުނަސް ހެޔޮ މުޅިއުމުރު ތިޔަ އިންތިޒާރެއްގައި ވަމޭ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍................ދުރުގަ ތިޔަހެން އަދު އިނަސް ބޭނުންވި މަލަކީ ތިޔަ މަލޭ
ހިއްސު އޮޅި ފިކުރާއި ވިސްނުން ދިޔަޔަކަސް ތިމަލަށްޓަކައި
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍...........ސިއްރުސިއްރުން ބިނދެލުމަށް ބޭނުނުންވި މަލަކީ ތިޔަ މަލޭ
ހިޔަ ކޮކާ މާބުރު ފިދާވިޔަކަސް އަބަދު ތިމަލަށްޓަކައި
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍................ ހިޔަ އަހަރު ވިޔަކަސް މިހެން ބޭނުންވި މަލަކީ ތިޔަ މަލޭ
ޒާރުގައި އެކިވައްތަރުން މާތައް ފޮޅުނުކަމުގައިވިޔަސް
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍................. މާރުހޭ މަލަކަށް ވެގެން ބޭނުންވި މަލަކީ ތިޔަ މަލޭ
ދަތިކަމެއް ލިބިފައި ވިޔަސް ތިމަލުން ވެދިޔަ މާޒީތެރޭ
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍....................ދަތި ހިތުން ފިލުވައިލުމަށް ބޭނުންވި މަލަކީ ތިޔަ މަލޭ
މިއަދު އޮންލައިން