ޒިޔާރަތަކަށް އަޅުކަންކުރަން ގޮސް ތިބި ބައަކަށް ހަމަލަދީ 43 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޒިޔާރަތަކަށް އަޅުކަންކުރަން ގޮސް ތިބި ބައަކަށް ހަމަލަދީ 43 މީހުން މަރާލައިފި
ޕާކިސްތާނުގެ ބަލަޗިސްތާނުގެ ޒިޔާރަތަކަށް އަޅުކަންކުރަން ގޮސް ތިބި ބައަކަށް ހަމަލަދީ 43 މީހުން މަރާލައިފިއެވެ. މިހަމަލާގައި 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިއްޔެ އިރު އޮއްސުނު ވަގުތު މިހަމަލާ ދީފައިވަނީ ޒިޔާރަތަށް އަޅުކަން ކުރުން ހުއްޓުވަން މަސައްކަތްކުރާ އައިއެސްގެ ޖަމާއަތަކުންނެވެ. ނަމަވެސް ހަމަލާ ދިން ސަބަބު ބުނެފައެއް ނުވެއެވެ.

މައުލޫމާތު ލިބޭގޮތުން ކޮންމެ ރެއަކުވެސް އިރު އޮއްސޭ ވަގުތު ގިނަ ބައަކު އެ ޒިޔާރަތަށް ގޮސް އަޅުކަންކުރެއެވެ. އަދި "ދީނީ ނެށުން" ކުރިއަށް ގެންދެއެވެ.

ޒިޔާރަތްތަކަށް ގޮސް އެތަންތަނަށް ޚާއްޞަކޮށްގެން އަޅުކަން ކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އަދި މިފަދަ ހަމަލާތައް ދީ މީހުން މެރުމަކީވެސް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. މިފަދަ ޢާދަކާދަތައް ހުއްޓުވުމަކީ ބޮން ގޮއްވައިގެން ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ކަންކަން ހުއްޓުވޭނީ އެކަމަށް މީސްތަކުން ހޭލުންތެރިކުރުވައިގެންނެވެ.
މިއަދު އޮންލައިން