ރައީސް ޒީ ޖިންޕިން އާ ޓްރަމްޕް ބައްދަލުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ރައީސް ޒީ ޖިންޕިން އާ ޓްރަމްޕް ބައްދަލުކުރަނީ!
ޗައިނާގެ ރައީސް ޒީ ޖިންޕިން އާއި އެމެރިކާގެ އިންތިޚާބީ ރައީސް ޓްރަމްޕް އަވަސް ތާރީޚެއްގައި ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

މިއަދު ހެނދުނު ދެ ރައީސުން ފޯނުން މަޝްވަރާ ކުރައްވައި ވިދާޅުވެފައިވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ދެ ރައީސުން އަވަހަށް ބައްދަލުކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރައީސް ޒީ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ 2 ޤައުމަކީ ޗައިނާ އާއި އެމެރިކާ ކަމަށެވެ. އަދި ދެ ޤައުމު ގުޅިގެން މަސައްކަތްކޮށްފިނަމަ ގިނަ ކަންތައްތަކެއް ކުރެވި ގިނަ މައްސަލަތަކެއް ޙައްލުކުރެވޭނެ ކަމަށެވެ.

ރައީސް ޒީ ވިދާޅުވީ އެންމެ ކުރިއަރާފައިވާ ޤައުމަކީ އެމެރިކާކަމަށްވެފައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމަކީ ޗައިނާ ކަމަށްވުމުން ދެ ޤައުމު ގުޅިގެން މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިއަދު އޮންލައިން