ޓެރަރިޒަމްގެ ސަބަބުން ޕެރިހުގެ ފަތުރުވެރިކަން 65 އިންސައްތަ ދަށްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޓެރަރިޒަމްގެ ސަބަބުން ޕެރިހުގެ ފަތުރުވެރިކަން 65 އިންސައްތަ ދަށްވެއްޖެ!
ޕެރިހަށް ކުރިމަތިވި ޓެރަރިޒަމްގެ މައްސަލަތަކުގެ ސަބަބުން ޕެރިހުގެ ފަތުރުވެރިކަން 65 އިންސައްތަ ދަށްވެއްޖެއެވެ.

ހޮޓާތަކަށް ބުކިންގ ހަދައިދޭ ބައެއް ކުންފުނިތަކުން ބުނެފައިވަނީ މިއަހަރުގެ ފާއިތުވި އޮކްޓޯބަރުމަހުގެ ނިޔަލަށް ނިމިގެންދިއަ އެއް އަހަރުތެރޭގައި މި ބޮޑު ގެއްލުން ޕެރިހުގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ކަމަށެވެ.

މިގެއްލުން ފޯރާފައިވަނީ ޕެރިހަށް އެކަންޏެއް ނޫނެވެ. ޔޫރަޕުގެ ގިނަ ޤައުމުތަކަށް މި މައްސަލަ ވަނީ ކުރިމަތިވެފައެވެ. އަދި ހޮޓާތަކުގެ އަގު ހެޔޮ ކުރުމުން ވެސް އެކަށީގެންވާ ބަދަލެއް ނުފެންނަ ކަމަށް ކުންފުނިތަކުން ބުނެއެވެ.

ދުނިޔޭގެ އިޤްޠިޞާދަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާއިރު ޓެރަރިޒަމާއި ހަމަނުޖެހުންތަކުން އަންނަނީ އިތުރު މައްސަލަތައް ކުރިމަތިވަމުންނެވެ. އެހެންކަމުން ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރެވިގެން ނޫނީ އިޤްޠިޞާދަށް ރަނގަޅު ބަދަލުތަކެއް ނުއަންނާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން