މައްކާ ސަރަހައްދުގައި ހުރި ފަރުބަދައެއްގެ އެންމެ ކުރީގަ ކުއްޖަކު ބޭއްވި މައްސަލަ ހޫނުވެއްޖެއެވެ.
މިމައްސަލަ ހޫނުވީ އެ ފޮޓޯ ސޯޝަލް މީޑިއާގައި ހާމަކުރުމުންނެވެ. ގިނަ ބައަކު ބުނެފައިވަނީ އެ ކުއްޖާ އެތަނުގައި ބާއްވާފައި އޮތީ ފޮޓޯއެއް ނެގުމުގެ ބޭނުމުގައި ކަމަށާއި އެފަދަ ބޭނުމަކު ކުޑަ ކުއްޖެއްގެ ފުރާނަ އަށް ގެއްލުންވާފަދަ ކަމެއް ކުރުމަކީ ވަރަށް ނުރައްކާތެރި އަދި އަނިޔާވެރި އަމަލެއް ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނެފައިވަނީ ފޮޓޯއެއް ނަގައިގެން އެ ފޮޓޯ ސޯޝަލް މީޑިއާގައި "އަނބުރައިގަތުމުން" ލިބޭ މަޝްހޫރުކަމަށްވުރެ އެފަދަ ނުރައްކާތެރި ކަމެއް ކުރުމުން ލިބިދާނެ ގެއްލުމަކުން އިންސާނިއްޔަތަށް ކުރާނެ ނޭދެވޭ އަސަރު މާބޮޑުވާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި މަޝްހޫރުކަން އިތުރުކުރަން ކުރާ ކަންކަމުގެ ސަބަބުން މިހާރުވެސް ދަނީ ނުރައްކާތެރި ހާދިސާތައް ކުރިމަތިވަމުންނެވެ.
އަދި ބޮޑެތި ގެއްލުންތައްވެސް ލިބެމުންނެވެ. އެހެންކަމުން މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާކަން ފާހަގަކުރެވެއެވެ.