އިންޑިއާގެ ސަރުކާރަށް ކުރިމަތިވި ފައިސާގެ ދަތިކަން ހައްލުކުރަން އެހީވުމުގެ ގޮތުން އިންޑިއާގެ މަޝްހޫރު މަހުޖަނަކު 6000 ކުރޯޑް ރުޕީސް ސަރުކަރާ ހަވާލުކޮށްފިއެވެ.
އޭނާ ވަނީ މިއަހަރުގެ ކުރީކޮޅު އަންހެންކުދިންނަށް ތައުލިމު ދިނުމަށް 200 ކުރޯޑް ރުޕީސްގެ އެހީއެއް ފޯރުކޮށްދީފައެވެ. އަދި ދީވާލީ އާއި ގުޅިގެން އޭނާގެ ކުންފުނީގެ މުވައްޒިފުންނަށް 1200 އަށްވުރެ ގިނަ ކަރާއި 400 އަށް ފްލެޓް ވެސް ހަދިޔާކޮށްފައެވެ.
ސޫރަތުގައި ދިރިއުޅޭ ޖަވާހިރުގެ ވިޔަފާރިކުރާ މަހުޖަނު ލައިޖިބަލް ޕަޓޭލް މިފައިސާ ސަރުކާރާއިމެދު ސަރުކާރުން އަދި ބަހެއް ބުނެފައިނުވި ނަމަވެސް ޔަޤީންކަމާއިއެކު ބައެއް ނޫސްތަކުން ވަނީ މިކަން ހާމަކޮށްފައެވެ.
ނޫސްތަކުގައި ބުނެފައިވަނީ މިފައިސާގެ ބޭނުން ހެޔޮ ގޮތުގައި ސަރުކާރުން ހިފާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.