އިޒްރޭލުން ބަންގީގެ އަޑު ކަނޑުވައިލުމަށް ޔަހޫދީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަށް ޔަހޫދީ ފާދިރީން ހުރަސް އަޅައިފިއެވެ.
މަޖިލީހުގެ ތަޅުމަށް ބިލް ހުށަހަޅަން ހަމަޖެހިފައި އޮތީ އިއްޔެ ނަމަވެސް ބިލު އަދި ހުށަހަޅައިފައެއް ނުވެއެވެ. ފާދިރީންގެ މައްސަލައަކަށް ވެގެން އުޅެނީ އެބިލު އޮތް ގޮތުން ޔަހޫދީންގެ ފައްޅިތަކުންވެސް ތާޅަފިލިތައް ނަގަންޖެހޭނެތީއެވެ.
ބޮޑުވަޒީރު ނަތަޔާންހޫ ބޭނުންވަނީ އިޒްރޭލުން ބަންގީގެ އަޑު ކަނޑައިލުމަށެވެ. އެހެންކަމުން ނަތަޔާންހޫ ބޭނުންވާ ބަދަލުތައް ގެނެސްގެން ނަމަވެސް ބިލް ފާސްކުރުމަކީ ގާތްކަމެކެވެ.
މާތްﷲ މިންވަރުފުޅު ކުރައްވަވާފައިވާނަމަ އިޒްރޭލުން ބަންގީގެ އަޑު ކަނޑުވައިލެވިދާނެއެވެ. އިތުރު ކަންކަން ވެސް ކުރެވިދާނެއެވެ. ނަމަވެސް މުސްލިމުންގެ ހިތްތަކުން އިސްލާމް ދީން ނައްތައިލުމަކީ ހަމަ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.