ޕެރިހުގަ އެމެރިކާގެ ރިއަލިޓީ ޓީވީތަރިއެއް ކަމަށްވާ ކިމް ކަރްދާޝިއަން އަށް ހަމަލަދީ އޭނާގެ 10 މިލިއަން ޑޮލަރުގެ ގަހަނާ ފޭރިގެންފިއެވެ. މިކަން ކޮށްފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.
އެކަން ކުރި ބައަކު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް އެއިގެ 2 ހަފްތާ ފަހުން ޕެރިހުގައި ޗުއްޓީ ހޭދަކުރަމުންދިއަ ބޮލީވުޑްގެ ތަރިއެއް ކަމަށްވާ މައްލިކަ ޝެރަވަތު، އޭނާ ހުންނަ ފްލެޓުން ނުކުތްތަނާ އޭނާގެ މޫނުމަތީގައި ޖަހައި އަތް ދަބަސް ފޭރި ގަންނަން މަސައްކަތްކޮށްފިއެވެ.
މޫނު ނިވާކޮށްގެންތިބި 3 މީހުން އޭނާއަށް ހަމަލާދިނުމުގެ ކުރިން ވަނީ އޭނާ އާއި އޭނާއާއިއެކު ހުރި އޭނާގެ ބައިވެރިޔާގެ ލޮލަށް ކަރުނަ ގޭސްވެސް ޖަހައިފައެވެ.
މިކަމާއި ގުޅިގެން ފުލުހުން އެންމެ ކަންބޮޑުވަނީ އެހުރިހައި ކަމެއްކޮށްފައިވެސް އަތް ދަބަސް ނުވަތަ ދަބަހުން އެއްވެސް އެއްޗެއް އަތުނުލައި ދިއުމުންނެވެ.
ޕެރިހުގައި މިހާރު ދަނީ މަގުފޭރުމާއި ވައްކަން ކުރުމުގެ އަމަލުތައް އިތުރުވަމުންނެވެ. އަދި މިފަދަ ކަންކަން ކުރާ މީހުން އަތުލައި ނުގަނެވޭތީ ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.