500 ކިލޯ ހުރި ދުނިޔޭގެ އެންމެ ފަލަ މީހާގެ ފެޓް ފިލުވަން ހޮސްޕިޓަލަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
500 ކިލޯ ހުރި ދުނިޔޭގެ އެންމެ ފަލަ މީހާގެ ފެޓް ފިލުވަން ހޮސްޕިޓަލަށް!
ހަށިގަނޑުގަ ދިހަ ބަސްތާ ހަނޑުލުގެ ބަރުދަން، 500 ކިލޯ ހުރި ދުނިޔޭގެ އެންމެ ފަލަމީހާގެ ހަށިގަނޑުން ފެޓް ފިލުވަން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މެކްސިިކޯގެ މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ ޖުއާން ޕެޑްރޯ ގޭގައި ބާއްވައިގެން ފެޓް ފިލުވޭތޯ ޑޮކްޓަރުން ވަނީ ވަރަށް ގިނަ މަސައްކަތްކޮށްފައެވެ. ނަމަވެސް ބަރުދަން ލުއިވުމުގެ ބަދަލުގައި އަބަދުވެސް އަންނަނީ އިތުރަށް ބަރުވަމުންނެވެ.

ޑޮކްޓަރުން ޤަބޫލުކުރަނީ އެހެން އެވަނީ އޭނާގެ ކެއުން ގެންގުޅޭ ގޮތުން ކަމަށެވެ. އެހެންކަމުން ޑޮކްޓަރުން މިހާރު ބޭނުންވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުންގެ ފުރިހަމަ ބެލުމުގެދަށުގައި ބާއްވައިގެން ފެޓް މަދުކުރަން މަސައްކަތް ކުރުމަށެވެ.

އޭނާ ހޮސްޕިޓަލުގައި ގެންގުޅުމަށްޓަކައި ވަނީ ޚާއްޞަ ކޮޓަރިއެއް ވެސް ތައްޔާރުކޮށްފައެވެ.
މިއަދު އޮންލައިން