އިންސާނިއްޔަތަށްޓަކައި މީހުން މެރުން ހުއްދަކުރުމުގެ ބިލް ދެކުނު އޮސްޓްރޭލިއާ އިން ފެއިލްކޮށްލައިފިއެވެ. ބިލް ފެއިލްކޮށްލީ 23 ވޯޓް، 24 ވޯޓް، އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.
މިބިލަކީ ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތިވެ ގަދަނުވާނެކަމުގެ ޔަޤީންކަން ލިބި، ދިރިއުޅުމުން މާޔޫސްވެފައިތިބޭ މީހުން ބޭނުންނަމަ މަރައިދިނުން ޑޮކްޓަރުންނަށް ހުއްދަކުރާ ބިލެކެވެ.
މިބިލަށް ދެކޮޅު ހެދި މެންބަރުން ބުނެފައިވަނީ މިފަދަ ބިލެއް ފާސްކޮށްފިނަމަ އެކަމުން ނުކުންނާނެ ރަނގަޅު ނަތީޖާއަށްވުރެ ނުބައި ނަތީޖާ އިތުރުވާނެ ކަމަށެވެ.
މިފަދަ މީހުން މަރައިދިނުން 1996 ވަނަ އަހަރު އުތުރު އޮސްޓްރޭލިއާގައި ހުއްދަކުރިއެވެ. ނަމަވެސް އެއިގެ އެއް އަހަރު ފަހުން އެ ހުއްދަ ވަނީ ބާޠިލްކޮށް އަނބުރައި ގެންގޮސްފައެވެ.