އައިއެސްއިން އިރާޤުގެ ކުރީގެ ފުލުހުންގެ 300 މީހުން މަރައި ވަޅުލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އައިއެސްއިން އިރާޤުގެ ކުރީގެ ފުލުހުންގެ 300 މީހުން މަރައި ވަޅުލައިފި
އައިއެސް އިން މީގެ އެއްމަސް ދުވަސް ކުރިން އަތުލައިގަތް އިރާޤް ފުލުހުންގެ 300 ވަރަކަށް މީހުން މަރައި ވަޅުގަޑެއްގައި ވަޅުލައިފިއެވެ.

މޮސުލް ކައިރީގައި އޮންނަ ހައްމާމް އަލްއަލިލް އަވަށުގެ މީހުން ބުނީ އައިއެސްގެ ހަނގުރާމަވެރިން އެ ސަރަހައްދު ދޫކޮށް ދިއުމުގެ ކުރިން ގިނަ އަދަދެއްގެ ހަށިތައް ވަޅުގަނޑުގައި ވަޅުލަނިކޮށް ފެނުނު ކަމަށެވެ.

އެމީހުން ބުނީ ބައެއް މީހުން މަރާފައިވަނީ ބޯކަނޑައިގެން ކަމަށާއި އަދި ބައެއް މީހުން މަރާފައިވަނީ ބޮލަށް ބަޑިޖެހައިގެން ކަމަށެވެ. އަދި ޔަޤީންކުރެވޭ ގޮތުގައި ވަޅުލި ހަށިތަކުގެ އަދަދު 200 އަށްވުރެ ގިނަ ވާނެ ކަމަށެވެ.

މަންޒަރުދުށް ބައެއް މީހުން ބުނެފައިވަނީ ،100 125 ވަރަކަށް މީހުން 4 ލޮރީއަށް އަރުވައިގެން ގެންދަނިކޮށް ފެނިފައިވާ ކަމަށާއި އެއިގެ ކުޑައިރުކޮޅެއްފަހުން ބަޑިތަޅައިގަތް އަޑު އިވިފައިވާ ކަމަށެވެ.

ބެލެވޭގޮތުން މީގެ މަހެއްހައި ދުވަސްކުރިން އައިސިސްގެ ހަނގުރާމަވެރިން ވަނީ 2000 އަށްވުރެ ގިނަ ކުރީގެ ފުލުހުން، ގޭގޭގައި ތިއްބައި އަތުލައިގަނެގެން ގެންގޮސްފައެވެ.
މިއަދު އޮންލައިން