ޑިކްޓޭޓަރ މާކޯސްގެ ކަށިތައް ޤައުމީ ބަޠޮލުންގެ ސަހަރާގަ ރަސްމީ އިއްޒަތުގައި ވަޅުލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޑިކްޓޭޓަރ މާކޯސްގެ ކަށިތައް ޤައުމީ ބަޠޮލުންގެ ސަހަރާގަ ރަސްމީ އިއްޒަތުގައި ވަޅުލައިފި
ދުނިޔެ ދެކެފައިވާ އެންމެ ބޮޑެތި ޑިކްޓޭޓަރުންގެތެރޭގައި ހިމެނޭ ފިލިޕިންސްގެ ކުރީގެ ރައީސް، ޑިކްޓޭޓަރ މާކޯސްގެ ކަށިތައް ޤައުމީ ބަޠޮލުންގެ ސަހަރާގައި ރަސްމީ އިއްޒަތުގައި ވަޅުލައިފިއެވެ.

މިދިއަ ހުކުރު ދުވަހު މާކޯސްގެ ކަށިތައް ވަޅުލީ 21 ބަޑީގެ ސަލާމާއި އެނޫންވެސް ރަސްމީ ޝަރަފުވެރި ކަންކަމާއިއެކުގައެވެ. ނަމަވެސް ހަރަކާތް ކުރިއަށް ގެންދިއައީ އެކަން ކުރިއަށް އިއުލާނު ނުކޮށް ސިއްރުން ކުރި ކަމެއްގެ ގޮތުގައެވެ.

ފިލިޕިންސް ވެސް ދެކެފައިވާ އެންމެ ބޮޑު ޑިކްޓޭޓަރު ކަމަށް އެ ޤައުމުގެ ގިނަ ބައަކު ޤަބޫލުކުރާ މާކޯސްގެ ކަށިތައް ޤައުމީ ބަތޮލުންގެ ސަހަރާގައި ވަޅުލަން މިހާރުގެ ރައީސް ނިންމުމުން އެކަމާއި ދެކޮޅަށް އެތައް ހާސްބައަކު ވަނީ މަގުތަކުގައި މުޒާހަރާކޮށްފައެވެ. ނަމަވެސް ސްޕްރީމް ކޯޓުން ނިންމީ ވަކި މީހެއްގެ ހަށިގަނޑު ނުވަތަ ކަށިތައް އެ ސަހަރާގައި ވަޅުލަން ޤާނޫނު އަސާސީގައި މަނާކޮށްފައި ނުވާތީ ޤައުމީ ބަޠޮލުންގެ ސަހަރާގައި މާކޯސްގެ ކަށިތައް ވަޅުލެވިދާނެ ކަމަށެވެ.

ޤައުމުގެ އިސްވެރިޔާގެ ވިސްނުމަށް ބައެއްކަންކަން ކުރެވިދާނެއެވެ. ނަމަވެސް އިންސާނުން ކުރާ އަމަލުތަކާއިމެދު މީސްތަކުން ދެކޭ ގޮތް ސްޕްރީމް ކޯޓުން ކުރާ ހުކުމަކުން ބަދަލެއް ނުކުރެވޭނެއެވެ. އަދި ސަރުކާރުން ދޭ އިއްޒަތަކުންވެސް ބަދަލެއް ނުކުރެވޭނެއެވެ.
މިއަދު އޮންލައިން