ތަފާތު ސައިޒުތައް ހިމެނޭ ކީރިތި ޤްރްއާނުގެ މުޞްޙަފްތައް ދައްކައިދޭ ބިޔަ މައުރަޒެއް އެމެރިކާގަ ހުޅުވައިފިއެވެ. މި މައުރަޒުގައި ހުރި މުޞްހަފްތަކުގެ ތެރޭގައި މޯބައިލް ފޯނަކަށްވުރެ ކުދި މުޞްހަފްތަކާއި ތަޅުމުގައި އަޅާ ދޫލައަސްވުރެ ބޮޑެތި މުޞްޙަފްތައް ވެސް ހިމެނެއެވެ.
މީގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު 60 މުޞްޙަފްވެސް ހިމެނޭއިރު ބައެއް މުޞްހަފްތަކަކީ 1000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުޞްހަފްތަކެވެ.
މި މައުރަޒް އިންތިޒާމްކުރި ފަރާތުން މުހިންމު މުސްހަފްތައް ހޯދާފައިވަނީ ހަމަ އެކަނި މައުރަޒުގައި ދައްކައިލުމަށް އަމާނާތެއްގެ ގޮތުގައެވެ. އެކި ގޮތްހޮތުން 17،000 އަށްވުރެ ގިނަ ތަފާތު މުޞްހަފްތައް މި މައުރަޒުގައި ވަނީ ބައިވެރިކޮށްފައެވެ.
ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމައުރަޒަށް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒު ކަމަށް ބެލެވެއެވެ.