ފެންގަނޑުގެ ހޫނުމިން ބަލަން އުޅުނު މީހަކު ވެށްޓި ފެންގަނޑަށް ގިރިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ފެންގަނޑުގެ ހޫނުމިން ބަލަން އުޅުނު މީހަކު ވެށްޓި ފެންގަނޑަށް ގިރިއްޖެ
އެމެރިކާގެ އެންމެ މަޝްހޫރު ޕާކުތަކުގެތެރޭގައި ހިމެނޭ ޔެލޯސްޓޯން ނޭޝަނަލް ޕާކަށް ދިއަ ޒުވާނަކު ފެންގަނޑުގެ ހޫނުމިން ބަލައިލަން އުޅެނިކޮށް ފައިކައްސާލައިގެން ފެންގަނޑަށް ވެށްޓި އެކުގައި ގިރިއްޖެއެވެ.

ޕާކު ހިންގާ ފަރާތުން ބުނީ އެފެނަކީ އެ ސަރަހައްދަށް ހޫނު ފޮނުވަން ހޫނު އުފައްދާ ފެންގަނޑެއް ކަމަށާއި އެފެންގަނޑަކީ އެސިޑް އަޅާފައި ހުންނަ ފެންގަނޑެއް ކަމަށެވެ. އަދި އެ ސަރަހައްދާއި ކައިރި ނުވުމަށް އިންޒާރުދޭ ގިނަ އަދަދެއްގެ ބޯޑުތައްވެސް ބަހައްޓާފައި ހުންނާނެ ކަމަށެވެ.

އޭނާ ފެންގަނޑަށް ވެށްޓުނު އިރުވެސް އޭނާ އާއިއެކު ޕާކަށް ދިއަ އަންހެން ކޮއްކޮ ހުރީ ބޭބެ ކުރާކަންކަން އޭނާގެ މޯބައިލް ފޯނަށް ވީޑިއޯކުރާށެވެ.

ހާދިސާ ހިނގުމުން ކަންހިނގިގޮތް ބެލުމަށްފަހު ބުނެފައިވަނީ އޭނާގެ ދެ ކަށިކޮޅެއް ފިޔަވައި އެހެން ހުރިހައި ބައިތަކެއް ވަނީ ވިރިގެން ގޮސްފައި ކަމަށެވެ.

މިޕާކުގައި މީގެ ކުރިންވެސް މިފަދަ ބައެއް ހާދިސާތައް ވަނީ ހިނގައިފައެވެ.
މިއަދު އޮންލައިން