ބެޑްމިންޓަން އަތޮޅުލީގުގައި ވާދަކުރާ އައްޑޫ ޓީމްތައް މިއަދު ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބެޑްމިންޓަން އަތޮޅުލީގުގައި ވާދަކުރާ އައްޑޫ ޓީމްތައް މިއަދު ފުރައިފި
މިމަހު 22 ވަނަ ދުވަހު މާގޭގައި ފަށާ ނުވަނަވަ ބެޑްމިންޓަން އަތޮޅުލީގުގައި އައްޑޫން ވާދަކުރާ ފިރިހެންޓީމާއި އަންހެން ޓީމް މިއަދު މާލެ ފުރައިފިއެވެ.


އަންހެން ޓީމް ފުރައިފައިވަނީ މިއަދު ހެނދުނުއެވެ. ފިރިހެންޓީމް ފުރާފައިވަނީ މިއަދު ހަވާރުއެވެ.


މި ދެޓީމް ފުރުމުގެ ކުރިން ރޭވަނީ ދެޓީމަށްވެސް ޖާޒީ ހަވާލުކޮށަފައެވެ. އައްޑޫސިޓީކައުމްސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޓީމްތަކުގެ ބައިވެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލު ކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގާއި، އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލް މެންބަރ މުހައްމަދު ޔަސްރިފެވެ.


މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދޫ ސާދިގު ވިދާޅުވީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި ދެޓީމުންވެސް ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރުމަށެވެ. ހުރިހާ ކުޅުންތެރިންގެ އަޒުމަކަށް ހަދަންވާނީ މުބާރާތުގެ ޗެންޕިއަންކަން ހޯދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ މުބާރާތުގެ ފައިނަލަށް ޓީމް ހިނގައްޖެކަމަށްވާނަމަ ފައިނަލް މެޗަށް މާލެ ވަޑައިގަންނަވާނެ ކަމަށެވެ. މުބާރާތުން އައްޑުއަށް ޗެންޕިއަންކަން ލިބިއްޖެ ކަމަށްވާނަމަ އެކަންވާނީ އައްޑުއަށް ލިބޭ ވަރަށްބޮޑު ފަޚުރަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު އޮންލައިން