އުފަންވި ތަނުންވެސް ކުދިންގެ ބޮލަށް ކެމިކަލް ބޮންއަޅައިފި- އަސަދުގެ އަނިޔާވެރިކަން އިންތިހާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އުފަންވި ތަނުންވެސް ކުދިންގެ ބޮލަށް ކެމިކަލް ބޮންއަޅައިފި- އަސަދުގެ އަނިޔާވެރިކަން އިންތިހާއަށް!
ސީރިޔާގެ ރައީސް ބަޝާރުލްއަސަދުގެ ސިފައިން ހަލްބުގެ ހޮސްޕިޓަލްތަކަށް ހޮނިހިރު ދުވަހު އަނެއްކާވެސް ގިނަ އަދަދަކަށް ބޮން އަޅައިފިއެވެ.

ހަލްބްގެ އެކި ސަރަހައްދުތަކަށް ކޮންމެ ދުވަހަކު ބޮން އަޅަމުން ގޮސް ހޮނިހިރު ދުވަހަކީ އަނެއްކާވެސް ހަަލްބުގެ ހޮސްޕިޓލުތަކަށް ގިނަ އަދަދަކަށް ބޮންތައް އޮއްސި ދުވަހެކެވެ. ކުޑަކުދިން ތިބި ހޮސްޕިޓަލަކަށް ގިނަ އަދަދެއްގެ ކެމިކަލް ބޮން ވެސް ވަނީ އޮއްސައިފައެވެ.

ޑޮކްޓަރުން ބުނެފައިވަނީ ބޮމުގައި ކެމިކަލް އަސަރު ހުރުމުން ހޮސްޕިޓަލުގެ ބިމު އަޑީގެ ސަރަހައްދުތަކަށް ތުއްތު ކުދިން ބަދަލުކުރުމުންވެސް ކެމިކަލްތަކުގެ އަސަރުން ސަލާމަތް ނުކުރެވި މައްސަލަތައް ކުރިމަތިވި ކަމަށެވެ. އަދި އެއިގެ ތެރޭގައި އުފަންވެ އެންމެ ދެ ތިން ދުވަސްވީ ކުދިންނާއި އުފަންވިތާ 24 ގަޑިއިރު ނުވާ ކުދިން ވެސް ހިމެނޭ ކަމަށެވެ.

ހުކުރު ދުވަހު ވެސް ވަނީ ހަމަ މިފަދަ ހަމަލާތަކެއް ދީ ހޮސްޕިތަލުތަކަށް ބޮން އަޅައިފައެވެ.
މިއަދު އޮންލައިން