މައްކާ އާ މަދީނާ ހައިސްޕީޑް ރޭލުން ގުޅާލުން 2018 ވަނަ އަހަރަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މައްކާ އާ މަދީނާ ހައިސްޕީޑް ރޭލުން ގުޅާލުން 2018 ވަނަ އަހަރަށް!
މައްކާ އާއި މަދީނާގެ މެދުގައި ފަށަންހަމަޖެހިފައިވާ ހައި ސްޕީޑް ރޭލުގެ ދަތުރުތައް ފަށާނެ ދުވަހަކީ 18 މާރޗް 2018 ކަމަ ކަނޑައަޅައިފިއެވެ.

7.1 ބިލިއަން ޑޮލަރު ކަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ނިންމަން ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ނިޔަލަށް ނަމަވެސް މަސައްކަތް އަދި ނުނިމޭތީ މިހާރު ހަމަޖައްސާފައިވަނީ 2017 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތްތައް ނިންމައި 18 މާރޗް 2018 ގައި ޚިދުމަތް ދޭން ފެށުމަށެވެ.

މި ޚިދުމަތް ލިބެން ފެށުމުން ދުވާލަކު 166،000 ފަސިންޖަރުންނަށް ފަސޭހަކަމާއިއެކު މައްކާއިން މަދީނާއަށް އަދި މަދިނާއިން މައްކާއަށް ދަތުރުކުރުމުގެ ޚިދުމަތް ލިބެން ފަށާނެއެވެ. އެހެންކަމުން ހައްޖަށާއި އުމުރާ ގިނަ ބައަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެކެވެ.

މައްކާ- މަދީނާ މަގަކީ ތޮއްޖެހި ބާރުވުމުގެ ސަބަބުން އެތައް ގަޑިއިރެއް ދަތުރުތަކަށް ހޭދަކުރަންޖެހޭ މަގެއް ނަމަވެސް މިޚިދުމަތް ފެށިގެން ދިއުމުން ދަތުރުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން މަދުކުރެވޭނެއެވެ.
މިއަދު އޮންލައިން