އަބޫދާބީގައިި ކާރުގެ ނަމްބަރު ޕްލޭޓް ވިއްކުމަށް ބޭއްވި ނީލަމެއްގައި ނަމްބަރު 1 ގެ ނަމްބަރު ޕްލޭޓް 31 މިލިއަން ދިރުހަމަށް ވިކިއްޖެއެވެ.
ނަމްބަރު ޕްލޭޓް ގަތް އަބްދުﷲ އަލްމެހްރީ ބުނީ އޭނާ އަކީ އަބަދުވެސް އޭނާ ބޭނުންވާ ނަމްބަރު ޕްލޭޓް ނީލަމުން ގަންނަ މީހެއް ކަމަށާއި 1 ގެ ނަމްބަރު ޕްލޭޓް 31 މިލިއަން ދިރުހަމަށް ގަންނަން ލިބުމުން އުފާކުރާ ކަމަށެވެ.
މި ނީލަމުގައި 7 ގެ ނަމްބަރު ޕްލޭޓް ވިކިފައިވަނީ 13.4 މިލިއަން ދިރުހަމަށެވެ. ނަމްބަރު 11 ވިކިފައިވަނީ 6.1 މިލިއަން ދިރުހަމަށެވެ.
ނީލަމުގައި ބައިވެރިވި އަންހެނުން ބުނެފައިވަނީ ފިރިހެނުން އަޑުގަދަކޮށް ހުށަހަޅަމުން ގެންދިއައީ އިންސާނުން މޮޔަވާފަދަ އަގުތައް ކަމަށެވެ.
އެހެންކަމުން މޮޔަ ފިރިހެނުންނާއި ވާދަކުރަން އެމީހުން ބޭނުން ނުވީ ކަމަށެވެ.