އެސްޓީއޯ 5 ވަނަ ބަށި މުބާރާތް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
އެސްޓީއޯ 5 ވަނަ ބަށި މުބާރާތް ފަށައިފި
އެސްޓީއޯ 5 ވަނަ ބަށި ބޯޅަ މުބާރާތް 16 ޓީމާއެކު މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި ފަށައިފިއެވެ.

މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޝަރަފްވެރި މެހެމާނާ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލާ އިރްތިޝާމް އާދަމްއެވެ. މުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރްތިޝާމް ވިދާޅުވީ އަންހެން ކަނބަލުންނާއި ގުޅުން ހުރި ކުޅިވަރުތައް ކުރިއެރުވުމަށް ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްެރާހިމް ވަރަށް ހާއްސަ ސަމާލު ކަމެއް ދެއްވާކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ބަށި ކެރިއެރުވުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރައްވާކަމަށެވެ. އަދި ޒަމާނުއްސުރެ ގައުމީ ކުޅިވަރެއްގެ ގޮތުގައި ދިވެހި ކަނބަލުންގެ މެދުގައި ކުޅެމުން އަންނަ ބަށިބޯޅަ ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެފައި ވަނީ އަތޮޅުތަކުން 10 ޓީމާއި މާލެ/ހުޅުމާލެއިން 6 ޓީމެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ކުއާޓާފައިނަލަށް އަދި ކައުޓާފައިނަލް ހޮވޭ ގޮތަށެވެ.

މުބާރާތުގައި ރަނައަޕް ޓީމަށް ފަންސާސްހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ޓީމަށް ފަންސަވީސް ހާސް ރުފިޔާ ދިނިމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެއާޕްލޭ ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ ބަށިބޯޅަ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބަށި ބޯޅަ މުބާރާތްކަން ފާހަގަ ކޮށްލެވެއެވެ.
މިއަދު އޮންލައިން