އަލްމުދިޝް ޤައުމީ ވޮލީބޯޅަ މުބާރާތް: އަންހެން ޑިވިޜަންގެ ދެވަނަ ސެމީ ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
އަލްމުދިޝް ޤައުމީ ވޮލީބޯޅަ މުބާރާތް: އަންހެން ޑިވިޜަންގެ ދެވަނަ ސެމީ ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި
އަލްމުދިޝް ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ދެވަނަ ސެމީ ފައިނަލް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި ކުޅުނު މި މެޗް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ފިސްޑާއާއި ވާދަކޮށް ސީދާ 03 އިންނެވެ.
މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 08-25، 14-25، 14-25 އިންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ އަބްރަހަމް މިނިމޮލްއެވެ.މި މުބާރާތުގެ ދެވަނަ ސެމީފައިނަލް ކާމިޔާބުކުރުމާއެކު ދެން ޕޮލިސް ކުލަބް ވާދަކުރަންޖެހޭނީ މިއަދު ފުރަތަމަ ސެމީފައިނަލްގައި މޯލްޑިވިއަން އާއި މިސްކިތްމަގު އެންމެންގެ ގުޅުން ވާދަކުރާ މެޗުން ބަލިވާޓީމަކާއެވެ.
މިއަދު އޮންލައިން