މާބައިދޫ ބަލިކޮށް ހުޅުމާލޭ ވިމެންސް ކުއާޓާފައިނަލަށް

ކިޔުމަށް ހޭދަވާނީ 1މ 31ސ
މާބައިދޫ ބަލިކޮށް ހުޅުމާލޭ ވިމެންސް ކުއާޓާފައިނަލަށް
އެސްޓީއޯ ހޯމް އިމްޕްރޫމަންޓް ބަށިބޯޅަ މުބާރާތުގައި އިއްޔެ ލ.މާބައިދޫ ބަލިކޮށް ހުޅުމާލޭ ވިމެންސް ސްޕޯޓްސް ކުއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭ ވިމެންސް ސްޕޯޓްސް މިމެޗުގައި 32 ލަނޑު 9 ބޯޅަ ހަދާފައިވާއިރު މާބައިދޫއަށް ހެދުނީ 27 ލަނޑެވެ. ހުޅުމާލޭ ވިމެންސް ސްޕޯޓްސް ކުއާޓާފައިނަލުން ޖާގަ ހޯދިއިރު ހުޅުމާލޭ ދިރުންވެސް ވަނީ ކުއާޓާ އުއްމީދު ބޮޑު ކޮށްފައެވެ. ކުއާޓާގެ އުއްމީދު ހުޅުމާލޭ ދިރުމުން ބޮޑު ކުރީ ޅ.ނައިފަރު ގޯށި ބަލިކޮށްފައެވެ. މިމެޗުގައި ހުޅުމާލެއިން 28 ލަނޑު ހެދިއިރު ނައިފަރަށް ހެދުނީ 16 ލަނޑެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ. އެއަށްފަހު ދެން އޮންނާނީ ކުއާޓާފައިނަލް މެޗުތަކެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާއިރު ގްރޫޕް އޭގައި ހިމެނެނީ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި ހުޅުމާލޭ ވިމެންސް ޓީމާއި މައްޗަން ގޯޅީގެ ވިދުވަރާއި މައްޗަން ގޯޅީގެ ވިދާތަރިއެވެ. ގްރޫޕް ބީގައި ހިމެނެނީ ރ.އިނގުރައިދޫ ކާމިޔާބާއި ލ.މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާ އާއި އދ.މަހިބަދޫ ސްޕޯޓްސް ކްލަބާއި ހުޅުމާލޭ ވިމެންސް ސްޕޯޓްސްއެވެ. ގްރޫޕް ސީގައި ހިމެނެނީ ލ.ގަމު މާސް އާއި ޅ.ނައިފަރު ގޯސީ އާއި ފ.ފީއަލީ އެކުވެރި ޒުވާނުންގެ ރޫހާއި ހުޅުމާލޭ ދިރުމެވެ. ގްރޫޕް ޑީގައި ހިމެނެނީ ސ.މީދޫ ބަށި ހިތްވަރާއި ތ.އޮމަދޫ އުޖާލާ އާއި ކ.މާފުށީ ނިއު ސްޓާ އާއި ގަލޮޅު ރަންކަނިއެވެ.

މުބާރާތުގެ ×ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް ފަންސާސް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އެސްޓީއޯ ހޯމްއިމްޕްރޫމަންޓް ބަށި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބަށިބޯޅަ މުބާރާތެވެ.
މިއަދު އޮންލައިން