ރޯވިންގެ ފުރަތަމަ އޯޕަންޑޭ މިމަހު 26 ގައި ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރޯވިންގެ ފުރަތަމަ އޯޕަންޑޭ މިމަހު 26 ގައި ބާއްވަނީ
ރޯވިން އެސޯސިއޭޝަން އިން ބާއްވާ އޯޕަންޑޭ މި މަހު ސައްބީސް ވަނަ ދުވަހު ބާއްވާ ގޮތަށް އެ އެސޯސިއޭޝަނުން ހަމަޖައްސައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުގައި ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވިއެވެ. އެދުވަހަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ގެންދަނީ ވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ،

މިއީ ރޯވިން އަށް ރާއްޖޭގެ ޒުވާނުންގެ ހިތުގައި ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ބާއްވާ ދުވަހެއް ކަމަށް ހަބީބު ވިދާޅުވިއެވެ. އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ.

އޭގެ އިތުރަށް ފަލި ޖެހުމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް އެފުރުސަތުވެސް އޮނާނެ އެވެ. ފަލި ޖެހުމުގައި ބައިވެރިވާ ކޮންމެ މީހަކަށް ނަސީބު ކޫޕަނެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ފުރުމަށްފަހު އެތާގައި ހުންނަ ފޮއްޓަކަށް ލުމަށްފަހު ގުރު ނެގުން ހަމަޖެހިފައިވަނީ ހަރަކާތް ނިމުމުންނެވެ. ގުރުއަތުން އެއްވަނަ ދެވަނަ ތިންވަނަވެސް ހޮވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މިވަނަތަކަށް ރަގަޅު އިނާމްތައް ހުށަހެޅިފައިވާ ކަމަށްވެސް ރޯވިން އެސޯސިއޭޝަނުން ބުންންޏެވެ. އެހެންނަމަވެސް އިނާމުތަކުގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ. "އެއީ ސަޕްރައިޒެއް" ހަބީބު ވިދާޅުވިއެވެ.

މިހަރަކާތުގައި ފަލިޖެހުން ތަޖުރިބާ ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެހީތެރިވެ ދެއްވާނީ ރޯވިންގެ ދުނިޔޭގެ ޗެންޕިއަނެއް ކަމަށް އެމޮޖިން އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ އެދުވަހު ހަވީރު 3.00 އިން 6.00 އަށެވެ.
މިއަދު އޮންލައިން