އައްޑޫސީޓީއާއި އަވާ ވެސް ފައިނަލުން ޖާގަ ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އައްޑޫސީޓީއާއި އަވާ ވެސް ފައިނަލުން ޖާގަ ހޯދައިފި
މާލޭގައި މިހާރު ކުރިއަށްދާ މައިލޯ 43 ވަނަ ނެޝަނަލް ބެޑްމިންޓަން މުބާރާތާއި، މައިލޯ 9 ވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތުގައި އައްޑޫން ބައިވެރި ވި އަންހެން ޓީމާއި ފިރިހެން ޓީމްވެސް ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މި ދެމުބާރާތުގެ ތެރެއިން އައްޑޫސިޓީ ފިރިހެން ޓީމު (އައްޑޫސިޓީ) ވާދަކުރަނީ އަތޮޅު ލީގުގައެވެ. އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވާ) ވާދަ ކުރަމުން ގެންދަނީ ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަނުގައެވެ.

އަތޮޅު ލީގުގެ ފައިނަލަށް އައްޑޫ ސިޓީ ދަތުރުކުރީ ކުޅުނު ދެމެޗުންވެސް މޮޅުވެގެންނެވެ. އަވާ ފައިނަލަށް ދިޔައީ އެއްމެޗުން ބަލިވެ އަނެއް މެޗުން މޮޅުވެގެންނެވެ. ފައިނަލް ކުޅޭނެ ދުވަހާއި ގަޑި ކަށަވަރު ވާނީ ފަހުން ކަމަށް އައްޑޫ ސިޓީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފައިނަކުގައި އަވާ ބައްދަލު ކުރަން ޖެހެނީ މީބާ އާއެވެ. އައްޑޫސިޓީ ފައިނަލުގައި ކުޅެންޖެހެނީ ހޮޅުދުއާއެވެ.
މިއަދު އޮންލައިން