ރޮހިންޔާ ދަރިކޮޅު މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅު ހެދުމަށް މެލޭސިޔާއިން ސުޒުކީ ކަޕުން ވަކިވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރޮހިންޔާ ދަރިކޮޅު މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅު ހެދުމަށް މެލޭސިޔާއިން ސުޒުކީ ކަޕުން ވަކިވަނީ
މިޔަންމާ އިން ރޮހިންޔާ ދަރިކޮޅު މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅު ހެދުމުގެ ގޮތުން މެލޭސިޔާއިން ސުޒުކީ ކަޕުން ވަކިވާން މަސައްކަތް ފަށައިފިއެވެ.

އޭސިއަން ފުޓްބޯލް ފެޑެރޭޝަން އިން މިދިއަ ހޮނިހިރު ދުވަހު ފަށާފައިވާ ސުޒުކީ ކަޕުން ވަކިވުމަށް މެލޭސިއާއިން މަސައްކަތް ފަށާފައިވަނީ މުބަރާތުގެ 1 މެޗް ކުޅުމަށްފަހުގައެވެ. އަދި އަންނަ ހޮނިހިރު ދުވަހު މިޔަންމާ އާއި ވާދަކުރަންޖެހިފައި ވަނިކޮށެވެ.

މެލޭސިޔާގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ މެލޭސިޔާއިން މިކަމަށް ވިސްނަންފެށީ މިދިއަ ހަފްތާގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކެމިކަލް ހަމަލާދީ އެތައް ހާސް ބައަކު މިޔަންމާ އިން ފައްސާލުމާއި ގުޅިގެން ކަމަށެވެ. އަދި އެފަދަ އަނިޔާވެރިބައަކު ހޯސްޓްކުރާ މުބާރާތެއްގައި މެލޭސިޔާއިން ވާދަ ނުކުރަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ޤައުމެއްގެ ދާއިޚިލީ މައްސަލައަކާއި ގުޅުވައިގެން މުބާރާތަކުން ވަކިވެއްޖެނަމަ ދާއިމީ ގޮތެއްގައި އެ ޤައުމެއް ސަސްޕެންޑް ކުރުމުގެ ބާރު ފީފާއަށް ލިބޭތީ މިކަމުގައި ގޮތެއް ނިންމާނީ އަންނަ ހަފްތާގައި ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.

ދުނިޔޭގެ ޞުލްޙައިގެ ނޯބަލް އިނާމު ލިބިފައިވާ ސޫކީ ވެރިކަމަށް އައުމަށްފަހު މުސްލިމުންނަށް ދޭ އަނިޔާތައް އަންނަނީ އިތުރުވަމުންނެވެ.
މިއަދު އޮންލައިން