ބުޅަލެއް ފަހައި ދުވި 3 އަހަރާއި 4 އަހަރުގެ 3 ކުޑަކުދިން ބޯފެންނަގާ ވަޅަކަށް ވެށްޓި މަރުވެއްޖެއެވެ. އިތުރު ކުއްޖަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ރިޕޯތްތައް ބުނާގޮތުން މި ކުދިންނަށް ދުވަމުން ގޮސް ވަޅުވެ މަތީގައި ބާއްވާފައި އޮތް ލަކުޑި ފިލާގަނޑަކަށް އެރުނީއެވެ. އަދި ފިލާގަނޑު ފީވެފައި އޮތުމުން ފިލާގަނޑު ހަލާކުވެ 3 ކުދިން ވަޅަށް ވެށްޓުނީއެވެ.
މި 4 ކުދިންނަކީ ޔޫއޭއީގެ އަލްއައިން ސަރަހައްދުގެ ދެ ޢާއިލާއަކަށް ނިޞްބަތްވާ 4 ކުދިންނެވެ. މިއީ ޔޫއޭއީގައި ހިނގައިދިއަ ހާދިސާއެއް ނަމަވެސް ރާއްޖޭގައި ވެސް މިފަދަ ކަންކަމަށް ސަމާލުކަން ވަނީ އިތުރުކުރަންޖެހިފައެވެ.
މިފަދަ ކަންކަމުގައި ދޭންޖެހޭ ސަމާލުކަން ކުޑަކޮށް، މަތިގަނޑު ފީވުމުންވެސް އައު ނުކޮށް އޮތުމުން ގެއްލިގެން އެދިއައީ އެއް ފަހަރާ 3 ދަރިންނެވެ. 4 ވަނަ ކުއްޖާ ވެސް ސަލާމަތް ކުރެވުނީ ހަމަކިރިޔާކަމަށް ރިޕޯޓްތައް ބުނެއެވެ.