ކޮލަކަޓާގެ އަވަށެއްގަ އުފަންވާ ތުއްތު ކުދިން ވަގަށް ވިއްކާ ބައަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކޮލަކަޓާގެ އަވަށެއްގަ އުފަންވާ ތުއްތު ކުދިން ވަގަށް ވިއްކާ ބައަކު އަތުލައިގެންފި
އިންޑިއާގެ ކޮލަކަޓާގެ އަވަށެއްގައި އުފަންވާ ތުއްތު ކުދިން ވިއްކައި ވަގު ވިޔަފާރި ކުރަމުން ގެންދިއަ 12 މީހުންގެ ގޭންގެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މައްސަލަ ކުރިމަތިވީ ކުދިން ވިއްސައި އަދި ބަލަހައްޓާ ކްލިނިކަކުން ނެރުނު ކަރުދާސް ފޮށިގަނޑުތަކަކުން 3 ކުދިން ފެނުމުން ކަމަށެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ކްލިނިކްގެ 5 މީހަކާއި އާންމުންގެ 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ ތެރެއިން ބައެއް ކުދިންނަކީ މައިންގެ ހުއްދައާއިއެކު ވިއްކާ ކުދިންނެވެ. ފިރިހެން ކުއްޖަކު ވިއްކަނީ 200،000 ރުޕީސް އަށެވެ. އަންހެން ކުދިން 100،000 ރުޕީސް އަށެވެ. މި ފަދަ ބައެއް ކުދިން ބޮޑު އަގު ހޯދުމަށް އެމެރިކާފަދަ ޤައުމުތަކަށްވެސް ފޮނުވައެވެ.

ބައެއް މައިން ބުނެފައިވަނީ އެމީހުންގެ ދަރިން ދެކެލަން ކްލިނިކަށް ދިއުމުން ދަރިފުލުގެ ހާލު ސީރިއަސްކަމަށް ބުނެ އަނބުރައި ފޮނުވައިލަނީ ކަމަށެވެ. ފުލުހުން ލަފާކުރާ ގޮތުގައި މި ކްލިނިކުން އެކަނިވެސް 2 މަސް ދުވަސްތެރޭގައި 45 ކުދިން ވަނީ ވިއްކައިފައެވެ.

މިފަދަ ކަންކަމަކީ އިންޑިއާގައި ވަރަށް ގިނައިން ކުރިމަތިވާ ކަންކަމެވެ. ޢާންމުގޮތެއްގައި ކުދިން ވިހެއުމަށްފަހު ވިއްކަނީ ނަހަލާލަށް ވިހެއުމަށްފަހުއެވެ. އަދި ބައެއް ފަހަރު ފަޤީރުކަން ބޮޑުކަމުންނެވެ.
މިއަދު އޮންލައިން