ޔޫއޭއީގައި މިދިއަ ބުދަ ދުވަހު ހިނގި 3 ކުދިން ވަޅަކަށް ވެށްޓި މަރުވި ހާދިސާ އާއި ގުޅިގެން އެކުދިންގެ ދެ މައިން ބުނީ އެމީހުން ދަރިން ގޮވައިގެން ގޯތިތެރޭގައި އުޅުމަށްފަހު ވަގުތު ޖެހުމުން ދިއައީ ޢަޞްރް ނަމާދަށް ކަމަށެވެ. އަދި ނަމާދުން އައިސް ދަރިން ހޯދަމުން ދަނިކޮށް ފެނުނީ ފެންވަޅަށް ވެށްޓި މަރުވެފައި ތިއްބައި ކަމަށެވެ.
ހާދިސާގައި ސަލާމަތްވި ހަމައެކަނި ކުއްޖާ، އުމުރުން 4 އަހަރުގެ ޚަލިފާ މުޙައްމަދު ބުނީ 4 ކުދިން ވެސް ދުވީ ބުޅަލެއް ފަހައި ކަމަށާއި ދުވަނިކޮށް ވަޅުގެ މަތިގައި އަޅާފައި އޮތް ލަކުޑި މަތިގަނޑަށް އެރުނުތަނާ ފިލާގަނޑު ފަޅައިގެން ގޮސް 4 ކުދިންވެސް ވަޅަށް ވެށްޓުނީ ކަމަށެވެ.
20 އަހަރުވެފައިވާ 50 މީޓަރު ފުން ވަޅަށް ވެށްޓި މަރުވި 3 ކުދިންގެ ތެރޭގައި އެއްމާބަނޑު ދެބެއިން ހިމެނެއެވެ. 4 ކުދިންނަކީ ދެބެންގެ ދެދަރި 4 ކުދިންނެވެ.
ކުދިން ސަލާމަތްކުރި ސިވިލް ސިފައިން ބުނެފައިވަނީ ވަޅަކީ ހަނިކޮށް ހުރި ވަޅަކަށް ވުމުން ވަޅަށް ވެށްޓުމުގެ ތެރޭގައި 4 ކުދިންނަށް އެކިވަރުގެ އަނިޔާތައްވެފައިވާ ކަމަށެވެ. އަދި ވަޅުން ނެގިއިރުވެސް 3 ކުދިންގެ ފުރާނަ ނެތް ކަމަށެވެ.
ވަޅަށް ވެށްޓި ކުދިން މަރުވުމަކީ ރާއްޖޭގައި ވެސް ހިނަގަމުން އަންނަކަމެކެވެ. އެހެންކަމުން ބަހައްޓަންޖެހޭ ރައްކައުތެރިކަމާއިއެކު ވަޅުތައް ވަޅުތައް ބެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.